މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ނަޞްރު މިސްކިތުގެ ވުޟޫ ކުރާ ފެން އިސްކުރުބަރި މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

މަސްޖިދުލް ނަޞްރު މިސްކިތުގެ ވުޟޫ ކުރާ ފެން އިސްކުރުބަރި މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުން

        ނ. ފޮއްދޫ މަސްޖިދުލްނަޞްރު މިސްކިތުގެ ވުޟޫ ކުރާ ފެން އިސްކުރުބަރި ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާތީ ކައުންސިލް އިން ބައެއް ތަކެތި ދިނުމުން  އިސްކުރުބަރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)296/296/2024/8 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ، އެޢުއުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

        މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 8 މެއި 2024  ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް 6560016 ނުވަތަ 7619011 ނަންބަރ އަށް ގުޅާ ނަންނޯޓް ކުރެއްވުން އެދެމެވެ. ނުވަތަ ރަޖިސްޓްރީ ވުމަށް އެދި މެއިލް ކުރައްވާނީ [email protected]  އަށެވެ. މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުން 9 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

        އަންދާސީ ހިސާބު ހުށައަޅުއްވާނީ 20 މެއި  2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

        މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

               19 ޝައްވާލް 1445

               28 އެޕްރީލް 2024

28 އޭޕްރިލް 2024
ހޯދާ