ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުލް ނަޞްރު މިސްކިތުގެ ވުޟޫ ކުރާ ފެން އިސްކުރުބަރި މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުން |
ނ. ފޮއްދޫ މަސްޖިދުލްނަޞްރު މިސްކިތުގެ ވުޟޫ ކުރާ ފެން އިސްކުރުބަރި ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާތީ ކައުންސިލް އިން ބައެއް ތަކެތި ދިނުމުން އިސްކުރުބަރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)296/296/2024/8 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ، އެޢުއުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 8 މެއި 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް 6560016 ނުވަތަ 7619011 ނަންބަރ އަށް ގުޅާ ނަންނޯޓް ކުރެއްވުން އެދެމެވެ. ނުވަތަ ރަޖިސްޓްރީ ވުމަށް އެދި މެއިލް ކުރައްވާނީ [email protected] އަށެވެ. މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުން 9 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާނީ 20 މެއި 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.
19 ޝައްވާލް 1445
28 އެޕްރީލް 2024