ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިމަކުގެ ވިޔަފާރި ހިންގުމަށް ހދ. ހަނިމާދޫއިން 10000 އަކަފޫޓުގެ 4 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ.

ނަންބަރ: (IUL)258/258/2024/42

އިޢުލާން

     

ފަތުރުވެރިމަކުގެ ވިޔަފާރި ހިންގުމަށް ހދ. ހަނިމާދޫއިން 10000 އަކަފޫޓުގެ 4 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ.

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށްޓަކައި ހދ. ހަނިމާދޫ ޓޫރިޒަމް ޒޯންއިން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10000 އަކަފޫޓުގެ 4 ޕްލޮޓެވެ.

#

ޕްލޮޓްގެ ނަން

ރަޖިސްޓްރީ ނަންބަރ

ބޮޑުމިން

ދޫކުރެވޭ މުއްދަތު

ސަރަޙައްދު

1

ދޮންވެލި 03

258/2024/12

80×125 ފޫޓު ޖުމްލަ 10000

50 އަހަރު

އުތުރު

2

ދޮންވެލި 04

258/2024/13

80×125 ފޫޓު ޖުމްލަ 10000

50 އަހަރު

އުތުރު

3

ދޮންވެލި 05

258/2024/14

80×125 ފޫޓު ޖުމްލަ 10000

50 އަހަރު

އުތުރު

4

ދޮންވެލި 06

258/2024/15

80×125 ފޫޓު ޖުމްލަ 10000

50 އަހަރު

އުތުރު

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ރަޖިސްޓްރީ ކުރުން:

  • މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 19 މެއި 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް / ބިޑް ބައްލަވައި ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ބައްލަވައި ގަތުމުގެ ފީ އަކީ 10000 އަކަފޫޓުގެ ޕްލޮޓަކަށް 2000 (ދެ ހާސް) ދިވެހި ރުފިޔާއެވެ.
  • އިތުރަށް ޕްލޮޓް ބޭނުންވެލައްވާނަމަ ބޭނުންވާ އަދަދަކަށް ކޮންމެ ޕްލޮޓަކަށް އިތުރަށް 2000 (ދެ ހާސް) ރުފިޔާ ދައްކަން ވާނެއެވެ.
  • ކައުންސިލްގެ ފަރާތުން އިޢުލާން ބާތިލްކޮށްފި ހިނދެއްގައި ބިޑް ބައްލަވައިގަތް ފަރާތްތަކަށް އެފަރާތަކުން ދެއްކި ފައިސާ އަނބުރާ ރައްދުކުރެވޭނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ޓޫރިޒަމްއަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ޕްލޮޓްތައް ދައްކުވައިދޭ ޗާރޓް މި އިޢުލާންނާއިއެކު އާންމުކޮށްފައި ވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ފޯމާއިއެކު ފީ ދެއްކުމުން ބީލަންފޮތް ލިބިވަޑައި ގަންނަވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ފޯމް މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެލެއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  • މި ބީލަމާއި، ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 16 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ އީމެއިލް [email protected] އަށް ހުށައަޅާލަންވާނެއެވެ.

ބީލަން ހުށައެޅުން:

  • ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 19 މެއި 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގައެވެ.

ބީލަން ހުށައަޅަންވީ ސުންގަޑި:

ތަން:  ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ (ޖަލްސާކުރާ މާލަމް ނުވަތަ ކައުންސިލުން އަންގާ ތަނެއްގަ) / އަމީނީމަގު،ހދ.ހަނިމާދޫ

ތާރީހް: 19 މެއި 2024

ދުވަސް: އާދިއްތަ

ގަޑި: 13:00

            08 ޝައްވާލް 1445

             17 އޭޕްރިލް 2024

17 އޭޕްރިލް 2024
ހޯދާ