ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2024/42
އިޢުލާން
ފަތުރުވެރިމަކުގެ ވިޔަފާރި ހިންގުމަށް ހދ. ހަނިމާދޫއިން 10000 އަކަފޫޓުގެ 4 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ.
ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށްޓަކައި ހދ. ހަނިމާދޫ ޓޫރިޒަމް ޒޯންއިން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10000 އަކަފޫޓުގެ 4 ޕްލޮޓެވެ.
# |
ޕްލޮޓްގެ ނަން |
ރަޖިސްޓްރީ ނަންބަރ |
ބޮޑުމިން |
ދޫކުރެވޭ މުއްދަތު |
ސަރަޙައްދު |
1 |
ދޮންވެލި 03 |
258/2024/12 |
80×125 ފޫޓު ޖުމްލަ 10000 |
50 އަހަރު |
އުތުރު |
2 |
ދޮންވެލި 04 |
258/2024/13 |
80×125 ފޫޓު ޖުމްލަ 10000 |
50 އަހަރު |
އުތުރު |
3 |
ދޮންވެލި 05 |
258/2024/14 |
80×125 ފޫޓު ޖުމްލަ 10000 |
50 އަހަރު |
އުތުރު |
4 |
ދޮންވެލި 06 |
258/2024/15 |
80×125 ފޫޓު ޖުމްލަ 10000 |
50 އަހަރު |
އުތުރު |
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ރަޖިސްޓްރީ ކުރުން:
- މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 19 މެއި 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް / ބިޑް ބައްލަވައި ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
- ބިޑް ބައްލަވައި ގަތުމުގެ ފީ އަކީ 10000 އަކަފޫޓުގެ ޕްލޮޓަކަށް 2000 (ދެ ހާސް) ދިވެހި ރުފިޔާއެވެ.
- އިތުރަށް ޕްލޮޓް ބޭނުންވެލައްވާނަމަ ބޭނުންވާ އަދަދަކަށް ކޮންމެ ޕްލޮޓަކަށް އިތުރަށް 2000 (ދެ ހާސް) ރުފިޔާ ދައްކަން ވާނެއެވެ.
- ކައުންސިލްގެ ފަރާތުން އިޢުލާން ބާތިލްކޮށްފި ހިނދެއްގައި ބިޑް ބައްލަވައިގަތް ފަރާތްތަކަށް އެފަރާތަކުން ދެއްކި ފައިސާ އަނބުރާ ރައްދުކުރެވޭނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ޓޫރިޒަމްއަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ޕްލޮޓްތައް ދައްކުވައިދޭ ޗާރޓް މި އިޢުލާންނާއިއެކު އާންމުކޮށްފައި ވާނެއެވެ.
- ބިޑް ރަޖިސްޓްރީ ފޯމާއިއެކު ފީ ދެއްކުމުން ބީލަންފޮތް ލިބިވަޑައި ގަންނަވާނެއެވެ.
- ބިޑް ރަޖިސްޓްރީ ފޯމް މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެލެއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- މި ބީލަމާއި، ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 16 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ އީމެއިލް [email protected] އަށް ހުށައަޅާލަންވާނެއެވެ.
ބީލަން ހުށައެޅުން:
- ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 19 މެއި 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގައެވެ.
ބީލަން ހުށައަޅަންވީ ސުންގަޑި:
ތަން: ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ (ޖަލްސާކުރާ މާލަމް ނުވަތަ ކައުންސިލުން އަންގާ ތަނެއްގަ) / އަމީނީމަގު،ހދ.ހަނިމާދޫ
ތާރީހް: 19 މެއި 2024
ދުވަސް: އާދިއްތަ
ގަޑި: 13:00
08 ޝައްވާލް 1445
17 އޭޕްރިލް 2024