ވަޒީފާގެ ފުރުސަތު
|
ތާރީޚް
|
08 ޝައްވާލް 1445
17 އޭޕްރީލް 2024
|
ނަންބަރު
|
179-3.3/1/2024/14(IUL)
|
މަޤާމް:
|
ސީނިއަރ އޮފިސަރ
|
ވަޒީފާގެ ބާވަތް
|
ދާއިމީ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ކޯޕަރޭޓް ސަރވިސަސް / ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
|
މުސާރަ އާއި އެލަވަންސް
|
-/ 11,500ރުފިޔާ އާއި -/ 13,000 އާ ދެމެދު
|
ޑެއިލީ އެލަވަންސް
|
އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ
|
ކެޕިޓަލް މާރކެޓް އެލަވަންސް
|
އަސާސީ މުސާރައިގެ % 15
|
އިތުރުގަޑީގެ ފައިސާ
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ބޭނުންވާ އަދަދު
|
(އެކެއް) 01
|
މަޤާމުގެ ޝަރުތު
|
- ބިޒްނަސް، އެކައުންޓިންގ، ފައިނޭންސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުން؛ ނުވަތަ
- ބިޒްނަސް، އެކައުންޓިންގ، ފައިނޭންސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ މަގާމެއްގައި 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މައިގަނޑު މަސައްކަތާއި
ޒިންމާތައް
|
- ބަޖެޓް ތައްޔާރުކުރުމާއި މާލީ ހިސާބުތައް ތައްޔާރުކުރުމާ ގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯޓްތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
- އޮފީހުގެ އިދާރީ މަސައްކަތްތައްކުރުމުގައި އެހީތެރިވެދިނުން.
- އޮފީހުގެ ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން.
- އޮފީސް ފެސިލިޓީތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމާއި، މެއިންޓެނެންސް ބޭނުންތައް ދެނެގަތުން.
- ސްޓޮކް ބެލެހެއްޓުމާއި ބެލެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުން
- ބައްދަލުވުންތަކާއި އެޕޮއިންޓްމަންޓްތަކާއި އިވެންޓްތައް އިންތިޒާމް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- އޮފީހުގެ ރިކޯޑްސް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
|
ޕޮއިންޓް ދޭނެ މިންގަނޑުތައް
|
- ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ (% 15)
- ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ (% 15)
- އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ (% 50)
- ޕްރެކްޓިކަލް އެސެސްމަންޓް ކަނޑައެޅިފައިވާ އިންސައްތަ (% 20)
|
އެޕްލިކޭޝަން ސުންގަޑި
|
25 އޭޕްރީލް 2024 ގެ 11:00 ގެކުރިން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް
|
އިތުރު މަޢުލޫމާތު
|
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
އެޕްލިކޭޝަން ހުށަހެޅުން
|
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ.
ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
|