ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)179-3.3/1/2024/14
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 25 އޭޕްރިލް 2024 11:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ/ ކޯޕަރޭޓް ސަރވިސަސް

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މާލެ، ދިވެހިރާއްޖެ

 ވަޒީފާގެ ފުރުސަތު

 ތާރީޚް

 08 ޝައްވާލް 1445

 17 އޭޕްރީލް 2024

 ނަންބަރު

 179-3.3/1/2024/14(IUL)

  މަޤާމް:

  ސީނިއަރ އޮފިސަރ

  ވަޒީފާގެ ބާވަތް

  ދާއިމީ

  މަސައްކަތް ކުރަންޖެހޭ ތަން

  ކޯޕަރޭޓް ސަރވިސަސް / ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

  މުސާރަ އާއި އެލަވަންސް

  -/ 11,500ރުފިޔާ އާއި -/ 13,000 އާ ދެމެދު

  ޑެއިލީ އެލަވަންސް

  އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

  ކެޕިޓަލް   މާރކެޓް            އެލަވަންސް

  އަސާސީ މުސާރައިގެ  15   

  އިތުރުގަޑީގެ ފައިސާ

  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

  ބޭނުންވާ އަދަދު

 (އެކެއް) 01  

  މަޤާމުގެ ޝަރުތު

  •  ބިޒްނަސް، އެކައުންޓިންގ، ފައިނޭންސް  ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުން؛ ނުވަތަ
  • ބިޒްނަސް، އެކައުންޓިންގ، ފައިނޭންސް  ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ މަގާމެއްގައި 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

  މައިގަނޑު މަސައްކަތާއި

  ޒިންމާތައް

  1. ބަޖެޓް ތައްޔާރުކުރުމާއި މާލީ ހިސާބުތައް ތައްޔާރުކުރުމާ ގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  2. ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯޓްތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  3. އޮފީހުގެ އިދާރީ މަސައްކަތްތައްކުރުމުގައި އެހީތެރިވެދިނުން.
  4. ‏ އޮފީހުގެ ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން.
  5.  އޮފީސް ފެސިލިޓީތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމާއި، މެއިންޓެނެންސް ބޭނުންތައް ދެނެގަތުން.
  6. ސްޓޮކް ބެލެހެއްޓުމާއި ބެލެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  7. ބައްދަލުވުންތަކާއި އެޕޮއިންޓްމަންޓްތަކާއި އިވެންޓްތައް އިންތިޒާމް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  8.  އޮފީހުގެ ރިކޯޑްސް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

 

  ޕޮއިންޓް ދޭނެ މިންގަނޑުތައް

  • ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ  (% 15)
  • ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ  (% 15)
  • އިންޓަރވިއު  (ކަނޑައެޅިފައިވާ އިންސައްތަ  (% 50)
  • ޕްރެކްޓިކަލް އެސެސްމަންޓް ކަނޑައެޅިފައިވާ އިންސައްތަ (% 20)

  އެޕްލިކޭޝަން ސުންގަޑި

  25 އޭޕްރީލް 2024 ގެ 11:00 ގެކުރިން

  ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • އެޕްލިކޭޝަން ފޯމު
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް

  އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
  • މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

  އެޕްލިކޭޝަން ހުށަހެޅުން

 

 ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އަށް އީމެއިލް   ކުރެއްވުން އެދެމެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ.

 ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި   ހުށަހަޅުއްވާ  ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް   ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

-----------------------------------------

17 އޭޕްރިލް 2024