ދިވެހިރާއްޖެ
2023-2024 ވަނަ އަހަރު މިސްކޫލުގެ LKG އަދިUKG އަށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 16 އޭޕްރިލް 2024 ން ފެށިގެން 30 އޭޕްރިލް ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް ސްކޫލް އޮފީހުގައެވެ.
އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.
ގްރޭޑް |
2024-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ |
އެލް.ކޭ.ޖީ |
2023 ވަނަ އަހަރު ޑިސެމްބަރ 31 އަށް 4 އަހަރުފުރި 5 އަހަރު ނުފުރޭ ދަރިވަރުންް |
ޔޫ.ކޭ.ޖީ |
އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޑިސެމްބަރ 31 އަށް 5 އަހަރުފުރި 6 އަހަރު ނުފުރޭ ދަރިވަރުން |
ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2023-2024 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރައްވާ، 30 އޭޕްރިލް 2024 ވަނަ ދުވަހުގެ 13:00 ގެކުރިން ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މ. ވޭވަށު ސުކޫލް ނަންބަރު 7952906 ފޯނަށް ގުޅުއްވުން އެދެމެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
06 ޝައްވާލް 1445
15 އޭޕްރިލް 2024