ޢާންމު މަޢުލޫމާތު
ނަންބަރު: GS-165/IUL/2024/09
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 30 އޭޕްރިލް 2024 13:00
ވޭވަށު ސްކޫލް
ދިވެހިރާއްޖެ
2024-2023 ވަނަ އަހަރު މިސްކޫލުގެ LKG އަދި UKG އަށް ދަރިވަރުން ވެއްދުމާބެހޭ.

2023-2024 ވަނަ އަހަރު މިސްކޫލުގެ LKG އަދިUKG އަށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 16 އޭޕްރިލް 2024 ން ފެށިގެން 30 އޭޕްރިލް ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް ސްކޫލް އޮފީހުގައެވެ.

އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

                            

ގްރޭޑް

2024-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2023 ވަނަ އަހަރު ޑިސެމްބަރ 31 އަށް 4 އަހަރުފުރި 5 އަހަރު ނުފުރޭ ދަރިވަރުންް

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޑިސެމްބަރ 31 އަށް 5 އަހަރުފުރި 6 އަހަރު ނުފުރޭ ދަރިވަރުން

 

            ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2023-2024 ވަނަ އަހަރު މިސްކޫލުގެ LKG  ، UKG   އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރައްވާ، 30 އޭޕްރިލް 2024 ވަނަ ދުވަހުގެ 13:00 ގެކުރިން ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.   އަދި މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މ. ވޭވަށު ސުކޫލް ނަންބަރު 7952906 ފޯނަށް ގުޅުއްވުން އެދެމެވެ. އީ މެއިލް ކުރައްވާނީ [email protected]   އަށެވެ.

 

                           06 ޝައްވާލް 1445

                15 އޭޕްރިލް 2024

15 އޭޕްރިލް 2024