ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
(ގާޑިޔާ) ހިންގުމަށް ބިން ކުއްޔަށް ދިނުމާއި ގުޅޭ

މިއިޢުލާނާއިއެކު އެއްހީރާސްކުރެވިފައިވާ ޗާޓްގައިވާ 2 ސަރަހައްދުން ގާޑިޔާ ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް މި ކައުންސިލް އިން ވަނީ ނިންމާފައެވެ.

 ވީމާ، މި ކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 15 އޭޕްރިލް 2024 ވާ ހޯމަ ދުވަހުން ފެށިގެން 23 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ 14:00 ދެމެދުގެ ވަގުތެއްގައި، މި އިޢުލާނާއެކު ލިންކުގައިވާ ރެޖިސްޓްރޭޝަން ޝީޓްގެ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ. (ގޫގަލް ފޯމް ލިންކް: https://forms.gle/hjg2p1mSdyWGWKiX7 ) މި ބީލަމުގައި ބައިވެރިވުމަށް  -/50 ރުފިޔާ (ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 24 އޭޕްރިލް 2024 ވާ ބުދަ ދުވަހުގެ 11:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 އޭޕްރިލް 2024 ވާ އަންގާރަ ދުވަހު 11:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

         މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 23 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

06 ޝައްވާލް 1445

15 އޭޕްރިލް 2024
ހޯދާ