ދިވެހިރާއްޖެ
މިއިޢުލާނާއިއެކު އެއްހީރާސްކުރެވިފައިވާ ޗާޓްގައިވާ 2 ސަރަހައްދުން ގާޑިޔާ ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް މި ކައުންސިލް އިން ވަނީ ނިންމާފައެވެ.
ވީމާ، މި ކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 15 އޭޕްރިލް 2024 ވާ ހޯމަ ދުވަހުން ފެށިގެން 23 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ 14:00 ދެމެދުގެ ވަގުތެއްގައި، މި އިޢުލާނާއެކު ލިންކުގައިވާ ރެޖިސްޓްރޭޝަން ޝީޓްގެ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ. (ގޫގަލް ފޯމް ލިންކް: https://forms.gle/hjg2p1mSdyWGWKiX7 ) މި ބީލަމުގައި ބައިވެރިވުމަށް -/50 ރުފިޔާ (ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 24 އޭޕްރިލް 2024 ވާ ބުދަ ދުވަހުގެ 11:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 އޭޕްރިލް 2024 ވާ އަންގާރަ ދުވަހު 11:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.
މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 23 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ޝައްވާލް 1445