ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 3ވަނަ ހޭންޑްބޯލް މުބާރާތް (ކުޑަހުވަދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް 2024) މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2024 އޭޕްރީލް 18
ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ޓީމުތަކަށެވެ. ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑިއަކީ 2024 އޭޕްރީލް 30 ވަނަ ދުވަހުގެ 14:00އެވެ.
ޓީމް ރަޖިސްޓްރީ ކުރާ ފަރާތަށް ޓީމް ލިސްޓްފޯމް ފޮނުވޭނެއެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ލިންކް މި އިޢުލާނާއި މިއިދާރާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެވިފައިވާނެއެވެ. އަދި މުބާރާތުގެ ޤަވާއިދުގެ ލިންކް މިއިޢުލާނާއި އެކު
ޙިއްސާކުރެވިފައިވާނެއެވެ. މުބާރާތުގައި ހޮވާ ވަނަތަކާއި ލިބޭ ފައިސާގެ ޢިނާމާއި ޓްރޮފީއާއި ޝީލްޑް އަދި މެޑެލްގެ މަޢުލޫމާތު ޤަވާއިދުގައި ހިމަނާފައިވާނެއެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1000.00 (އެއްހާސްރުފިޔާ) ފީއެއް ދައްކަންވާނެއެވެ.
ފީ ޓްރާންސްފަރ ކުރައްވާނީ، މިއިދާރާގެ REVENUE 1 7730000135156 އެކައުންޓަށެވެ.
ގޫގުލްފޯމް ލިންކް: https://forms.gle/7Jyxf9yzu3qFaEzF9
ޤަވާއިދުގެ ލިންކް: https://drive.google.com/drive/folders/1LxRFGjuGQpsRJwaQUs86WtQa3fCSo1tN?usp=sharing