މުބާރާތް
ނަންބަރު: D-381/IUL-2024/32
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 17:23
ސުންގަޑި: 18 އޭޕްރިލް 2024 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 3 ވަނަ ހޭންޑްބޯލް މުބާރާތުގައި (ކުޑަހުވަދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް 2024) ބައިވެރިވުމުގެ ފުރުޞަތު، އަންހެން ޑިވިޝަން، ފިރިހެން ޑިވިޝަން

ކުޑަހުވަދޫ ކައުންސިލްގެ 3ވަނަ ހޭންޑްބޯލް މުބާރާތް (ކުޑަހުވަދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް 2024) މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2024 އޭޕްރީލް 18

ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި ބައިވެރިވުމަށް  ރަޖިސްޓްރީވާ ޓީމުތަކަށެވެ. ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑިއަކީ 2024 އޭޕްރީލް 30 ވަނަ ދުވަހުގެ 14:00އެވެ.

ޓީމް ރަޖިސްޓްރީ ކުރާ ފަރާތަށް ޓީމް ލިސްޓްފޯމް ފޮނުވޭނެއެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ލިންކް މި އިޢުލާނާއި މިއިދާރާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެވިފައިވާނެއެވެ. އަދި މުބާރާތުގެ ޤަވާއިދުގެ ލިންކް މިއިޢުލާނާއި އެކު

ޙިއްސާކުރެވިފައިވާނެއެވެ.  މުބާރާތުގައި ހޮވާ ވަނަތަކާއި ލިބޭ ފައިސާގެ ޢިނާމާއި ޓްރޮފީއާއި ޝީލްޑް އަދި މެޑެލްގެ މަޢުލޫމާތު ޤަވާއިދުގައި ހިމަނާފައިވާނެއެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1000.00 (އެއްހާސްރުފިޔާ) ފީއެއް ދައްކަންވާނެއެވެ.

ފީ ޓްރާންސްފަރ ކުރައްވާނީ، މިއިދާރާގެ REVENUE 1 7730000135156 އެކައުންޓަށެވެ.

ގޫގުލްފޯމް ލިންކް: https://forms.gle/7Jyxf9yzu3qFaEzF9

ޤަވާއިދުގެ ލިންކް: https://drive.google.com/drive/folders/1LxRFGjuGQpsRJwaQUs86WtQa3fCSo1tN?usp=sharing

11 އޭޕްރިލް 2024