ދިވެހިރާއްޖެ
(IUL)337/337/2024/20 ނަންބަރ
އިޢުލާން
ކ.މާފުށީގައި އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް 06 ގޯތި ވިއްކުމަށް ހުޅުވާލުން.
ކ.މާފުށީގައި އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް 06 ގޯތި ވިއްކުމަށް ބޭނުންވެއެވެ.
ވީމާ، ގޯތި ގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑުފޮތް ގަތުމަށާއި، ބިޑު ހުށަހެޅުމަށް ދަޢުވަތު ހުޅުވާލަމެވެ.
ބިޑުފޮތް ވިއްކުން: |
24 މާރިޗު 2024 ވަނަ ދުވަހުން ފެށިގެން 24 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މިކައުންސިލްގެ ރިސެޕްޝަނުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑުފޮތެއްގެ އަގަކީ 30,000/-ރ (ތިރީސްހާސް ރުފިޔާ) އަށެވެ. |
ބިޑު ހުށަހެޅުން: |
05 މެއި 2024 ވާ އާދީއްތަ ދުވަހު ގޯތި A އަދި ގޯތި F 12:00ގައި މާފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމަށް ގޯތި B އަދި ގޯތި E 13:00ގައި މާފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމަށް ގޯތި C އަދި ގޯތި D 14:00ގައި މާފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމަށް |
ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބިޑުފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އަދި [email protected] މެއިލްއަށް ސީސީ ކުރެއްވުމަށް އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
11 رَمَضَان 1445
21 މާރިޗު 2024