ބީލަން
ނަންބަރު: (IUL)337/337/2024/20
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 00:03
ސުންގަޑި: 24 އޭޕްރިލް 2024 13:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.މާފުށީގައި އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް 06 ގޯތި ވިއްކުމަށް ހުޅުވާލުން.

 (IUL)337/337/2024/20 ނަންބަރ

އިޢުލާން

 

ކ.މާފުށީގައި އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް 06 ގޯތި ވިއްކުމަށް ހުޅުވާލުން.

 

                 ކ.މާފުށީގައި އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް 06 ގޯތި ވިއްކުމަށް ބޭނުންވެއެވެ.

     ވީމާ، ގޯތި ގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑުފޮތް ގަތުމަށާއި، ބިޑު ހުށަހެޅުމަށް ދަޢުވަތު ހުޅުވާލަމެވެ.

 

ބިޑުފޮތް ވިއްކުން:

24 މާރިޗު 2024 ވަނަ ދުވަހުން ފެށިގެން 24 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މިކައުންސިލްގެ ރިސެޕްޝަނުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑުފޮތެއްގެ އަގަކީ 30,000/-ރ (ތިރީސްހާސް ރުފިޔާ) އަށެވެ.

ބިޑު ހުށަހެޅުން:

05 މެއި 2024 ވާ އާދީއްތަ ދުވަހު

ގޯތި A އަދި ގޯތި F  12:00ގައި މާފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމަށް

ގޯތި B އަދި ގޯތި E  13:00ގައި މާފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމަށް

ގޯތި C އަދި ގޯތި D  14:00ގައި މާފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމަށް

ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބިޑުފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އަދި [email protected] މެއިލްއަށް ސީސީ ކުރެއްވުމަށް އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                                                     11 رَمَضَان 1445

21 މާރިޗު 2024

 

21 މާރިޗު 2024