މަޤާމު
|
ޑެޕިއުޓީ ލައިބްރޭރިއަން
|
މަޤާމުގެ ރޭންކް
|
އެމް.އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
01
|
ގިންތި
|
ދާއިމީ
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
އެހެނިހެން ޢިނާޔަތްތައް
|
ރަމަޟާން މަހުގެ އިނާޔަތް، އިތުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމު އޮތް އޮފީސް
|
ފ. އަތޮޅު ތަޢުލީމީ މަރުކަޒު
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ޢަބްދުﷲ އިސްމާޢީލް ލައިބްރަރީ / ފ. އަތޮޅު ތަޢުލީމީ މަރުކަޒު، ފ. ނިލަންދޫ
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން
|
އިދާރީ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތް
|
- ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާފަދަ މާހައުލަކަށް ހެދުން
- ލައިބްރަރީގައި ބެހެއްޓިފައި ހުންނަ ފޮތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން
- ފޮތްތަކުގެ އެކްސެޝަން ނަންބަރު ޖެހުން
- ކޮންމެ ހަފްތާއެއް ނިމޭއިރު، އެހަފުތާއެއްގައި މުއްދަތު ހަމަވެ، އަނބުރާ ނުދައްކާހުންނަ ފޮތްތައް ގެންގޮސްފައިތިބި ފަރާތްތަކާމެދު ޢަމަލުކުރަން ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ޢަމަލުކުރުން.
- ލައިބްރަރީއަށް ހޯދަންޖެހޭ ތަކެތި، ވެރިންގެ ހުއްދައާއެކު ހޯދުން
- ލައިބްރަރީއަށް ގެނެވޭ ތަކެތި ކަނޑައެޅިފައިވާ މުއްދަތެއްގައި އެންޓްރީކުރުން
- ލައިބްރަރީގެ ޚިދުމަތް ދަރިވަރުންނަށާއި މުވައްޒަފުންނަށް ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމް ހަމަޖެއްސުން
- ލައިބްރަރީގައި ހުންނަ ފޮތާއި ޓީޗިންގ އެއިޑްސް ފަދަ ތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން
- ލައިބްރަރީއަށް ބޭނުންވާ ފޮތްފަދަ ތަކެތީގެ ކޯޓޭޝަން ހޯދުން
- ލައިބްރަރީގެ ސާފުތާހިރުކަން ބެލެހެއްޓުން
- ލައިބްރަރީގެ ފޮތްތައް ދޫކުރަން ގަވާއިދެއް ހަދައި، އެގަވައިދުގެ ދަށުން ދަރިވަރުންނާއި މުވައްޒަފުންނަށް ފޮތްދޫކުރުން.
- ލައިބްރަރީން ދަރިވަރުންނާއި މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި އަނބުރާ ގެނޭތޯ ޗެކްކޮށް، ގެނައުމުން، އެތަކެތި ބަލައިގަތުމުގެ އިންތިޒާމެއް ހަމަޖެއްސުން.
- ލައިބްރަރީއަށް ގަންނަން ބޭނުންވާ ފޮތުގެ ލިސްޓެއް ހަދައި، ހަވާލުވެހުންނަވާ ވެރިއަކާއި މަޝްވަރާކޮށް، ބަޖެޓް ސެކްޝަނާއި ގުޅިގެން މިކަން ކުރިއަށް ގެންދިއުން.
- ލައިބްރަރީއަށް ގެނެވޭ ފޮތްތަކުގައި ސެލޯފޭންލައި، ފޮތްތައް ރީތިކޮށް ބެހެއްޓުމަށް މަސައްކަތްކުރުން
- ދަރިވަރުންނަށް ލައިބްރަރީ ޕްރޮގްރާމްތައް ހިންގުން
- ދިރާސީ އަހަރު ނިމުމުގެ ކުރިން ލައިބްރަރީގެ އެންމެހައި ކަންތައްތަކާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކޮށްފައި، ލައިބްރަރީގެ ކަންތައްތައް ބަލަހައްޓަވާ ވެރިއަކަށް ހުށައެޅުން.
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 04 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް |
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
|
ހުށައަޅަންޖެހޭ ތަކެތި |
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސްގެ ވެބްސައިޓުންނާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް: |
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 އޭޕްރިލް 28 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މަތީގައި ދެންނެވިފައިވާ ތަކެތި މިމަރުކަޒަށް ހުށައެޅުއްވުން އެދެމެވެ.
|
މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން
|
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2015 މޭ 03 ން 06 އާ ދޭތެރޭގައި މިމަރުކަޒުގެ އޮފީހުގައެވެ.
- އިންޓަރވިއުއަށް ހާޒިރުވާއިރު މަޤާމަށް އެދި ހުށައަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.
|
އިތުރު މަޢުލޫމާތު
|
- މިމަޤާމަށް ކުރިމަތިލާ ފަރާތަކީ ޢުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
- ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށައަޅާ ހުށައެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށައަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.
- އެކްރެޑިޓްނުކޮށް ހުންނަ ސެޓްފިކެޓްތަކާއި ލިޔުންތަކަށް މާރކްސްއެއް ނުދެވޭނެއެވެ.
- ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ އިންޓަރވިއު ޕެނަލުން އެލިޔުންތަކުގެ އަސްލު ބަލައި ޗެކްކުރުމަށްފަހު އޮފީހުންނެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7952909 އެވެ. އީމެއިލް ކުރައްވާނަމަ މިސްކޫލުގެ[email protected]އަށް މެއިލްކުރެއްވުން އެދެމެވެ.
|