ވަޒީފާގެ ފުރުޞަތު
ނަންބަރު: GS37/2015/15
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 28 އޭޕްރިލް 2015 13:00
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޑެޕިއުޓީ ލައިބްރޭރިއަން

މިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާ ތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޑެޕިއުޓީ ލައިބްރޭރިއަން

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

ގިންތި

ދާއިމީ

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

ރަމަޟާން މަހުގެ އިނާޔަތް، އިތުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ފ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ޢަބްދުﷲ އިސްމާޢީލް ލައިބްރަރީ / ފ. އަތޮޅު ތަޢުލީމީ މަރުކަޒު، ފ. ނިލަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އިދާރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާފަދަ މާހައުލަކަށް ހެދުން
  • ލައިބްރަރީގައި ބެހެއްޓިފައި ހުންނަ ފޮތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން
  • ފޮތްތަކުގެ އެކްސެޝަން ނަންބަރު ޖެހުން
  • ކޮންމެ ހަފްތާއެއް ނިމޭއިރު، އެހަފުތާއެއްގައި މުއްދަތު ހަމަވެ، އަނބުރާ ނުދައްކާހުންނަ ފޮތްތައް ގެންގޮސްފައިތިބި ފަރާތްތަކާމެދު ޢަމަލުކުރަން ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ޢަމަލުކުރުން.
  • ލައިބްރަރީއަށް ހޯދަންޖެހޭ ތަކެތި، ވެރިންގެ ހުއްދައާއެކު ހޯދުން
  • ލައިބްރަރީއަށް ގެނެވޭ ތަކެތި ކަނޑައެޅިފައިވާ މުއްދަތެއްގައި އެންޓްރީކުރުން
  • ލައިބްރަރީގެ ޚިދުމަތް ދަރިވަރުންނަށާއި މުވައްޒަފުންނަށް ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމް ހަމަޖެއްސުން
  • ލައިބްރަރީގައި ހުންނަ ފޮތާއި ޓީޗިންގ އެއިޑްސް ފަދަ ތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން
  • ލައިބްރަރީއަށް ބޭނުންވާ ފޮތްފަދަ ތަކެތީގެ ކޯޓޭޝަން ހޯދުން
  • ލައިބްރަރީގެ ސާފުތާހިރުކަން ބެލެހެއްޓުން
  • ލައިބްރަރީގެ ފޮތްތައް ދޫކުރަން ގަވާއިދެއް ހަދައި، އެގަވައިދުގެ ދަށުން ދަރިވަރުންނާއި މުވައްޒަފުންނަށް ފޮތްދޫކުރުން.
  • ލައިބްރަރީން ދަރިވަރުންނާއި މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި އަނބުރާ ގެނޭތޯ ޗެކްކޮށް، ގެނައުމުން، އެތަކެތި ބަލައިގަތުމުގެ އިންތިޒާމެއް ހަމަޖެއްސުން.
  • ލައިބްރަރީއަށް ގަންނަން ބޭނުންވާ ފޮތުގެ ލިސްޓެއް ހަދައި، ހަވާލުވެހުންނަވާ ވެރިއަކާއި މަޝްވަރާކޮށް، ބަޖެޓް ސެކްޝަނާއި ގުޅިގެން މިކަން ކުރިއަށް ގެންދިއުން.
  • ލައިބްރަރީއަށް ގެނެވޭ ފޮތްތަކުގައި ސެލޯފޭންލައި، ފޮތްތައް ރީތިކޮށް ބެހެއްޓުމަށް މަސައްކަތްކުރުން
  • ދަރިވަރުންނަށް ލައިބްރަރީ ޕްރޮގްރާމްތައް ހިންގުން
  • ދިރާސީ އަހަރު ނިމުމުގެ ކުރިން ލައިބްރަރީގެ އެންމެހައި ކަންތައްތަކާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކޮށްފައި، ލައިބްރަރީގެ ކަންތައްތައް ބަލަހައްޓަވާ ވެރިއަކަށް ހުށައެޅުން.

ތަޢުލީމާއި ތަޖުރިބާ

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 04 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް
  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
ހުށައަޅަންޖެހޭ ތަކެތި
  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސްގެ ވެބްސައިޓުންނާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  • ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 އޭޕްރިލް 28 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މަތީގައި ދެންނެވިފައިވާ ތަކެތި މިމަރުކަޒަށް ހުށައެޅުއްވުން އެދެމެވެ.

މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2015 މޭ 03 ން 06 އާ ދޭތެރޭގައި މިމަރުކަޒުގެ އޮފީހުގައެވެ.
  • އިންޓަރވިއުއަށް ހާޒިރުވާއިރު މަޤާމަށް އެދި ހުށައަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
  • ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމަށް ކުރިމަތިލާ ފަރާތަކީ ޢުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށައަޅާ ހުށައެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށައަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.
  • އެކްރެޑިޓްނުކޮށް ހުންނަ ސެޓްފިކެޓްތަކާއި ލިޔުންތަކަށް މާރކްސްއެއް ނުދެވޭނެއެވެ.
  • ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ އިންޓަރވިއު ޕެނަލުން އެލިޔުންތަކުގެ އަސްލު ބަލައި ޗެކްކުރުމަށްފަހު އޮފީހުންނެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7952909 އެވެ. އީމެއިލް ކުރައްވާނަމަ މިސްކޫލުގެ[email protected]އަށް މެއިލްކުރެއްވުން އެދެމެވެ.
16 އޭޕްރިލް 2015