ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިހޮސްޕިޓަލާއި މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ޞިއްޙީމަރުކަޒްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަޤާމަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު:

ބޭނުންވާ އަދަދު:

ކޮމިއުނިޓީ ހެލްތް އޮފިސަރ ނުވަތަ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ

05 ( ފަހެއް )

މަޤާމުގެ ނަން: ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2،500 ރުފިޔާ

މަޤާމު އޮތް ތަން

ނ. އަތޮޅު ހޮސްޕިޓަލް

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން

ނ. އަތޮޅުހޮސްޕިޓަލް، ނ. ހެނބަދޫ ޞިއްޙީމަރުކަޒް، ނ. މާފަރުޞިއްޙީ މަރުކަޒް، ނ. މާޅެންދޫޞިއްޙީ މަރުކަޒް ( މީގެތެރެއިން ވަޒީފާ ހަމަޖެހޭ ރަށެއްގައި )

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ނ. އަތޮޅުހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީމަރުކަޒު ތަކުގައި ކުރަންޖެހޭ ޕަބްލިކް ހެލްތްގެ މަސައްކަތްތައް ކުރުން. 

ޝަރުޠު

ޕްރައިމަރީ ހެލްތް ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 އަށް ފެތޭ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތް ސައިންސަސް ގައި ރަޖިސްޓްރީކޮށްފައިވުން.

  • މަގާމުގެ ނަން: އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: GS4

މުސާރަ

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2،500 ރުފިޔާ

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން

ނ. އަތޮޅުހޮސްޕިޓަލް، ނ. ހެނބަދޫޞިއްޙީމަރުކަޒް، ނ. މާފަރުޞިއްޙީމަރުކަޒް، ނ. މާޅެންދޫޞިއްޙީމަރުކަޒް ( މީގެތެރެއިން ވަޒީފާ ހަމަޖެހޭ ރަށެއްގައި )

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ނ. އަތޮޅުހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީމަރުކަޒް ތަކުގައި ކުރަންޖެހޭ ޕަބްލިކް ހެލްތްގެ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ޕްރައިމަރީ ހެލްތް ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތް ސައިންސަސް ގައި ރަޖިސްޓްރީކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ނޯޓް: މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކޮމިއުނިޓީ ހެލްތް އޮފިސަރ އަދި އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ ގެ މަޤާމަށް ޝަރުޠުހަމަވާ މީހުންތިބިނަމަ އިސްކަންދޭނީ ކޮމިއުނިޓީ ހެލްތް އޮފިސަރގެ މަގާމަށެވެ.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/100 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅުއްވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ނ.އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރުމަޢުލޫމާތު

ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ރަސްމީގަޑީގައި މިހޮސްޕިޓަލްގެ އޮފީހުންނާއި ނ. މާޅެންދޫ، ނ. މާފަރު އަދި ނ. ހެނބަދޫ ޞިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި  ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ރަސްމީގަޑީގައި ގުޅުއްވާނީ 6560036 ނަންބަރު ފޯނާއެވެ.  

15 އޭޕްރިލް 2015
ހޯދާ