ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މިހޮސްޕިޓަލާއި މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ޞިއްޙީމަރުކަޒްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަޤާމަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
މަޤާމު: ބޭނުންވާ އަދަދު: |
ކޮމިއުނިޓީ ހެލްތް އޮފިސަރ ނުވަތަ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ 05 ( ފަހެއް ) |
|
މަޤާމުގެ ނަން: ކޮމިއުނިޓީ ހެލްތް އޮފިސަރ |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ރޭންކް: MS1 |
މުސާރަ |
މަހަކު -/5،610 ރުފިޔާ |
|
ސަރވިސް އެލަވަންސް |
މަހަކު -/2،500 ރުފިޔާ |
|
މަޤާމު އޮތް ތަން |
ނ. އަތޮޅު ހޮސްޕިޓަލް |
|
އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން |
ނ. އަތޮޅުހޮސްޕިޓަލް، ނ. ހެނބަދޫ ޞިއްޙީމަރުކަޒް، ނ. މާފަރުޞިއްޙީ މަރުކަޒް، ނ. މާޅެންދޫޞިއްޙީ މަރުކަޒް ( މީގެތެރެއިން ވަޒީފާ ހަމަޖެހޭ ރަށެއްގައި ) |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ނ. އަތޮޅުހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީމަރުކަޒު ތަކުގައި ކުރަންޖެހޭ ޕަބްލިކް ހެލްތްގެ މަސައްކަތްތައް ކުރުން. |
|
ޝަރުޠު |
ޕްރައިމަރީ ހެލްތް ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 އަށް ފެތޭ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތް ސައިންސަސް ގައި ރަޖިސްޓްރީކޮށްފައިވުން. |
|
|
||
މަޤާމުގެ ކްލެސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ރޭންކް: GS4 |
މުސާރަ |
މަހަކު -/5،020 ރުފިޔާ |
|
ސަރވިސް އެލަވަންސް |
މަހަކު -/2،500 ރުފިޔާ |
|
އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން |
ނ. އަތޮޅުހޮސްޕިޓަލް، ނ. ހެނބަދޫޞިއްޙީމަރުކަޒް، ނ. މާފަރުޞިއްޙީމަރުކަޒް، ނ. މާޅެންދޫޞިއްޙީމަރުކަޒް ( މީގެތެރެއިން ވަޒީފާ ހަމަޖެހޭ ރަށެއްގައި ) |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ނ. އަތޮޅުހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީމަރުކަޒް ތަކުގައި ކުރަންޖެހޭ ޕަބްލިކް ހެލްތްގެ މަސައްކަތްތައް ކުރުން. |
|
ތަޢުލީމާއި ތަޖުރިބާ |
ޕްރައިމަރީ ހެލްތް ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތް ސައިންސަސް ގައި ރަޖިސްޓްރީކޮށްފައިވުން. |
|
ވަޒީފާ އަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
|
|
ނޯޓް: މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކޮމިއުނިޓީ ހެލްތް އޮފިސަރ އަދި އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ ގެ މަޤާމަށް ޝަރުޠުހަމަވާ މީހުންތިބިނަމަ އިސްކަންދޭނީ ކޮމިއުނިޓީ ހެލްތް އޮފިސަރގެ މަގާމަށެވެ. |
||
ޢިނާޔަތްތައް |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
ސުންގަޑި |
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅުއްވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ނ.އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުއްވުން އެދެމެވެ. |
|
އިތުރުމަޢުލޫމާތު |
ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ރަސްމީގަޑީގައި މިހޮސްޕިޓަލްގެ އޮފީހުންނާއި ނ. މާޅެންދޫ، ނ. މާފަރު އަދި ނ. ހެނބަދޫ ޞިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ރަސްމީގަޑީގައި ގުޅުއްވާނީ 6560036 ނަންބަރު ފޯނާއެވެ. |