ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 ނަންބަރު ބިން ކުއްޔަށް ދޫކުރުން

  • ރަތަފަންދޫ ޞިނާޢީ ސަރަޙައްދު 4 ނަންބަރު ބިން ކުއްޔަށް ދޫކުރުން .

ރަތަފަންދޫ ޞިނާޢީ ސަރަހައްދުގެ 4 ނަންބަރު ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:30 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

#

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ޞިނާޢި ސަރަހައްދު 4 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢިމާރާތްތަކާއެކު  

4000 އަކަފޫޓު

-/800 ރުފިޔާ

ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު

1 ޢިމާރާތް 25x26 ފޫޓުގެ (ޢިމާރާތުގެ އެތެރޭގައި 3 ކޮޓަރިއާއި 9x25 ފޫޓުގެ ފެންޑާއަކާއެކު) ރުއްވަކަރުން މަތިވަޑާން އަރުވައި ލައިޝާރޓް ޓިނުން ހިޔާކޮށްފައި .

1 ކޮޓަރި 9x16 ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުމުގައި މުށިޖަހާފައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި. ( ކޮޓަރީގެ ތެރޭގައި ½4 xފ½5 ފޫޓުގެ ފާޚާނާއަކާއެކު )  .

2 ކޮޓަރި 9x16 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި .

3 ކޮޓަރި 8x16 ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުންއަޅައި ރެއިންބޯދޮރުފަތެއް ހަރުކޮށްފައި .

2 ޓޭންކް 4x5 ފޫޓުގެ އެތެރޭގައި މުށިޖަހާފައި ފަޅައިގެންގޮސް ހަލާކުވެފައި .

1 ޓޭންކް 4x4 ފޫޓުގެ މަސްދޮންނަން ބޭނުންކުރި އެތެރޭގައި މުށިޖަހާފައި .

1 ދުމަށި މަސްހިއްކަން ބޭނުންކުރި 4 20x  ފޫޓުގެ ދަގަނޑުނެތް .

1 ފެންވަޅު 3.5 ފޫޓު ޑައިމީޓަރުގެ .

އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތު ކޮށްފައިވާގޮތް، ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.

  • އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް .

1– ލުއިކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް .

  • އިޖުތިމާޢީގޮތުން ވެދެވޭ ޢިނާޔަތް

މިބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް މަދުވެގެން މަހަކު -/1500 ރުފިޔާ، ކައުންސިލަށް ދައްކަންޖެހޭނެއެވެ.  

  • ބިން ތަރައްޤީކުރުން

ރަތަފަންދޫ ޞިނާޢީ ސަރަޙައްދުގެ 4 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިން ކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭގައި ބިމުގެ ވަށާފާރު ރޭނުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން އަޅައި ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރު ދުވަހުގެ ތެރޭގައި 2 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނައި ނިންމަންޖެހޭނެއެވެ.

  • ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

ބިން ކުއްޔަށް ހިފާފަރާތުން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ 1 އަހަރު ދުވަހުގެ ކުއްޔާއި އެއަހަރު އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާ ދައްކަންޖެހޭނެއެވެ.   

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ
  • ކޮމްޕެނީ ޕްރޮފައިލް

މިއިދާރާއިން ބަލާނެ ކަންތައްތައް

1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

50%

  • ހުށަހަޅާ މަހުކުއްޔަށް ދެވޭ މާކްސް  
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށާ އިންފާރު ރޭނުން    

10%
  • ބިމުގެ ވަށާ އިންފާރު 1 ފޫޓު އުސްމިނަށް  ރޭނުން    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

40%

  • އިޖުތިމާޢީ ކަންކަމަށް ދެވޭ ޢިނާޔަތު    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ އެންމެބޮޑު އަދަދަކީ ބެންޗްމާކު ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

26 ޖުމާދަލްއާޚިރާ 1436

15 އޭޕްރިލް 2015
ހޯދާ