ދިވެހިރާއްޖެ
- ރަތަފަންދޫ ޞިނާޢީ ސަރަޙައްދު 4 ނަންބަރު ބިން ކުއްޔަށް ދޫކުރުން .
ރަތަފަންދޫ ޞިނާޢީ ސަރަހައްދުގެ 4 ނަންބަރު ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:30 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
# |
ބިމުގެ ނަންބަރު |
ބިމުގެ ބޮޑުމިން |
ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު) |
1 |
ޞިނާޢި ސަރަހައްދު 4 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢިމާރާތްތަކާއެކު |
4000 އަކަފޫޓު |
-/800 ރުފިޔާ |
ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު
1 ޢިމާރާތް 25x26 ފޫޓުގެ (ޢިމާރާތުގެ އެތެރޭގައި 3 ކޮޓަރިއާއި 9x25 ފޫޓުގެ ފެންޑާއަކާއެކު) ރުއްވަކަރުން މަތިވަޑާން އަރުވައި ލައިޝާރޓް ޓިނުން ހިޔާކޮށްފައި .
1 ކޮޓަރި 9x16 ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުމުގައި މުށިޖަހާފައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި. ( ކޮޓަރީގެ ތެރޭގައި ½4 xފ½5 ފޫޓުގެ ފާޚާނާއަކާއެކު ) .
2 ކޮޓަރި 9x16 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި .
3 ކޮޓަރި 8x16 ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުންއަޅައި ރެއިންބޯދޮރުފަތެއް ހަރުކޮށްފައި .
2 ޓޭންކް 4x5 ފޫޓުގެ އެތެރޭގައި މުށިޖަހާފައި ފަޅައިގެންގޮސް ހަލާކުވެފައި .
1 ޓޭންކް 4x4 ފޫޓުގެ މަސްދޮންނަން ބޭނުންކުރި އެތެރޭގައި މުށިޖަހާފައި .
1 ދުމަށި މަސްހިއްކަން ބޭނުންކުރި 4 20x ފޫޓުގެ ދަގަނޑުނެތް .
1 ފެންވަޅު 3.5 ފޫޓު ޑައިމީޓަރުގެ .
އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތު ކޮށްފައިވާގޮތް، ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.
- އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް .
1– ލުއިކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް .
- އިޖުތިމާޢީގޮތުން ވެދެވޭ ޢިނާޔަތް
މިބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް މަދުވެގެން މަހަކު -/1500 ރުފިޔާ، ކައުންސިލަށް ދައްކަންޖެހޭނެއެވެ.
- ބިން ތަރައްޤީކުރުން
ރަތަފަންދޫ ޞިނާޢީ ސަރަޙައްދުގެ 4 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިން ކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭގައި ބިމުގެ ވަށާފާރު ރޭނުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން އަޅައި ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރު ދުވަހުގެ ތެރޭގައި 2 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނައި ނިންމަންޖެހޭނެއެވެ.
- ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން
ބިން ކުއްޔަށް ހިފާފަރާތުން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ 1 އަހަރު ދުވަހުގެ ކުއްޔާއި އެއަހަރު އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާ ދައްކަންޖެހޭނެއެވެ.
ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ
- ކޮމްޕެނީ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅާ މަހުކުއްޔަށް |
50% |
|
ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށާ އިންފާރު ރޭނުން |
10% |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
40% |
|
26 ޖުމާދަލްއާޚިރާ 1436