ދިވެހިރާއްޖެ
9 ނޮވެންބަރު 2023 ވީ އަންގާރަ ދުވަހު މިކައުންސިލުން ކޮށްފައިވާ އިޢުލާން ނަންބަރު: (IUL)286-MP/286/2023/110 އާއި ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނަށް އެކަށީގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން އެއިޢުލާން ބާޠިލުކުރުމަށް ފަހު އެއިޢުލާނުގައިވާ ތަކެތި ވަކި ވަކިން ގަތުމަށް އިޢުލާނު ކުރަމެވެ.
ނ. ކެނދިކުޅުދޫ ކައުންސިލާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީއާއި ގުޅިގެން، ނ. ކެނދިކުޅުދޫގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ނޭޗަރ ބޭސްޑް ރިކްރިއޭޝަނަލް ފެސިލިޓީސް ޤާއިމްކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބައިސްކަލް އަދި ބެޓެރި ބައިސްކަލް ގަނެ މިކައުންސިލަށް ފޯރުކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ގަންނަން ޖެހޭ ތަކެތީގެ ތަފްޞީލް
މައުންޓެއިން ބައިކް
|
ބޭނުންވާ އަދަދު: 10 |
ސްޕެސިފިކޭޝަންސް: 26” Fat Tire |
ބެޓެރީ ބައިސްކަލް
|
ބޭނުންވާ އަދަދު: 10 |
ސްޕެސިފިކޭޝަންސް: -Max Speed: 30-40 KM/H -Rated Voltage: 220V / 50HZ -Battery: Lead acid / Lithium Battery -Battery Capacity: 12Ah |
ބީލަމުގެ މަޢުލޫމާތު
ބީލަމަށް ރަޖިސްޓްރީކުރުން |
ލިންކް: https://forms.office.com/r/mFB93rPU5k ބިޑްގައި ރަޖިސްޓްރީވުމުން، ކެނދިކުޅުދޫ ކައުންސިލްގެ ޕްރޮޖެކްޓްސް މެއިލް ([email protected]) މެދުވެރިކޮށް، ރަޖިސްޓްރީވިކަމުގެ ރަސީދު، ރަޖިސްޓްރީވާ ފަރާތްތަކަށް ގިނަވެގެން 24 ގަޑި އިރު ތެރޭގައި ފޮނުވާނެއެވެ. |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
|
|
ބީލަން ހުށަހެޅުން
|
|
|
މާކުސް ދިނުން |
މާކުސް ދެވޭނެ ކަންކަން |
ޕޮއިންޓް (%) |
އަގަށް އަގު ހުށަހަޅާނީ ހުށަހަޅާ އަގު ރަނގަޅަށް އެނގޭގޮތަށް ވަކި ޝީޓެއް ތައްޔާރުކޮށް ފްރޮޕޯސަލްގައި ހިމަނަންވާނެއެވެ. އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދެވޭނެއެވެ. |
70 |
|
ފޯމާއެކު ހުށަހަޅާ ޕްރޮޕޯސަލް
- މިބަޔަކަށް މާކްސް ދިނުމުގައި ބަލާނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގަންނަން ޖެހޭ ތަކެތި ގަނެ މިކައުންސިލާ ހަވާލުކުރުމަށް ހުށައަޅާ މުއްދަތަށެވެ. (އެންމެ ކުރުމުއްދަތަށް އެންމެގިނަ ޕޮއިންޓްދޭ އުސޫލުން) * 20
|
30 |
|
އިތުރު މަޢުލޫމާތު |
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ، - ފޯން: 6560013 ނުވަތަ 6560673 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
03 ރަމަޟާން 1445
13 މާރިޗް 2024