ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)286-MP/286/2024/33
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 00:32
ސުންގަޑި:
28 މާރިޗު 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
9 ނޮވެންބަރު 2023 ވީ އަންގާރަ ދުވަހު މިކައުންސިލުން ކޮށްފައިވާ އިޢުލާން ނަންބަރު: (IUL)286-MP/286/2023/110 އާއި ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނަށް އެކަށީގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން އެއިޢުލާން ބާޠިލުކުރުމަށް ފަހު އެއިޢުލާނުގައިވާ ތަކެތި ވަކި ވަކިން ގަތުމަށް އިޢުލާނު ކުރަމެވެ.
ނ. ކެނދިކުޅުދޫ ކައުންސިލާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީއާއި ގުޅިގެން، ނ. ކެނދިކުޅުދޫގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ނޭޗަރ ބޭސްޑް ރިކްރިއޭޝަނަލް ފެސިލިޓީސް ޤާއިމްކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބައިސްކަލް އަދި ބެޓެރި ބައިސްކަލް ގަނެ މިކައުންސިލަށް ފޯރުކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ގަންނަން ޖެހޭ ތަކެތީގެ ތަފްޞީލް
މައުންޓެއިން ބައިކް
|
ބޭނުންވާ އަދަދު: 10
|
ސްޕެސިފިކޭޝަންސް:
26” Fat Tire
|
ބެޓެރީ ބައިސްކަލް
|
ބޭނުންވާ އަދަދު: 10
|
ސްޕެސިފިކޭޝަންސް:
-Max Speed: 30-40 KM/H
-Rated Voltage: 220V / 50HZ
-Battery: Lead acid / Lithium Battery
-Battery Capacity: 12Ah
|
ބީލަމުގެ މަޢުލޫމާތު
ބީލަމަށް ރަޖިސްޓްރީކުރުން
|
- ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް 13 މާރިޗު 2024 ވާ ބުދަ ދުވަހުން ފެށިގެން 19 މާރިޗު 2024 ވާ އަންގާރަ ދުވަހު 13:00ގެ ކުރިން މި ފޯމު ފުރުމަކުރުމަށް ފަހު ފޮނުވަން ވާނެއެވެ.
ލިންކް: https://forms.office.com/r/mFB93rPU5k
ބިޑްގައި ރަޖިސްޓްރީވުމުން، ކެނދިކުޅުދޫ ކައުންސިލްގެ ޕްރޮޖެކްޓްސް މެއިލް ([email protected]) މެދުވެރިކޮށް، ރަޖިސްޓްރީވިކަމުގެ ރަސީދު، ރަޖިސްޓްރީވާ ފަރާތްތަކަށް ގިނަވެގެން 24 ގަޑި އިރު ތެރޭގައި ފޮނުވާނެއެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ.
- މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަކީ ލާޒިމުކަމެއް ނޫނެވެ.
- ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ރަޖިސްޓްރީވެފައިވާ ވިޔަފާރިގެ ލެޓަރހެޑްގައި ލިޔުމަކާއި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.އި.ޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ.
|
ބީލަން ހުށަހެޅުން
|
- ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 28 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައިގައެވެ.
- ބީލަން ހުށަހަޅާއިރު މި އިޢުލާނާ އެކު ގެޒެޓް ކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް ފުރިހަމަ ނުކުރާނަމަ ހުށަހަޅާ ބީލަން ބަލައެއް ނުގަނެވޭނެއެވެ.
- ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ރަޖިސްޓްރީވެފައިވާ ވިޔަފާރިގެ ލެޓަރހެޑްގައި ލިޔުމަކާއި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.އި.ޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ.
- ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީއްޔާއިން ފޮނުވާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.
|
މާކުސް ދިނުން
|
މާކުސް ދެވޭނެ ކަންކަން
|
ޕޮއިންޓް
(%)
|
އަގަށް
އަގު ހުށަހަޅާނީ ހުށަހަޅާ އަގު ރަނގަޅަށް އެނގޭގޮތަށް ވަކި ޝީޓެއް ތައްޔާރުކޮށް ފްރޮޕޯސަލްގައި ހިމަނަންވާނެއެވެ. އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދެވޭނެއެވެ.
|
70
|
ފޯމާއެކު ހުށަހަޅާ ޕްރޮޕޯސަލް
- ތަކެތި ގަނެ ކައުންސިލާއި ހަވާލުކުރުމަށް ނަގާނެ މުއްދަތު
- މިބަޔަކަށް މާކްސް ދިނުމުގައި ބަލާނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގަންނަން ޖެހޭ ތަކެތި ގަނެ މިކައުންސިލާ ހަވާލުކުރުމަށް ހުށައަޅާ މުއްދަތަށެވެ.
(އެންމެ ކުރުމުއްދަތަށް އެންމެގިނަ ޕޮއިންޓްދޭ އުސޫލުން) * 20
- ތަޖުރިބާ – މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން، ތަކެތި ގަނެ ފޯރުކޮށްދިނުމުގެ ދާއިރާ އަދި މިދާއިރާއާ ގުޅުންހުރި ދާއިރާތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތަކަށެވެ. އެގޮތުން ހުށައަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 2 (ދޭއް) މާކްސް އެވެ. އަދި ނިސްބަތުން އެންމެ ގިނަ މާކްސް ލިބޭ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ. * 10
|
30
|
އިތުރު މަޢުލޫމާތު
|
- އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،
- ފޯން: 6560013 ނުވަތަ 6560673 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
|
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
03 ރަމަޟާން 1445
13 މާރިޗް 2024