| 
 ވަޒީފާގެ ފުރުޞަތު 
 | 
| 
 މަޤާމު: 
 | 
 ލީގަލް ކައުންސެލް 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 (އެކެއް) 
 | 
| 
 މުސާރައާއި އިނާޔަތްތައް 
 | 
 26,009 ރުފިޔާ 
 | 
| 
 ފެންވަރުނުވަތަ ޝަރުތު: 
 | 
- ޤާނޫނު ނުވަތަ ޤާނޫނާއި ޝަރުޢީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 
- ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުން.
 
- ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން. އަދި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
 
- ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
 
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
 
 
 | 
| 
 މަސްއޫލިއްޔަތު: 
 | 
- ކުންފުނީގެ އެކިއެކި ކަންކަމުގައި ޤާނޫނީ ލަފާދިނުމާއި އެކަމާ ގުޅޭ މަސައްކަތް ކުރުން.
 
- ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި މި ކުންފުންޏާއި ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރު ކުރުމާ އެކަމާ ގުޅޭ އެންމެހާ މުޢާމަލާތްތައް ކުރުން.
 
- ކޯޓުތަކުގައި ކުންފުނި ތަމްސީލުކުރުމާއި، ކޯޓުތަކަށް ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރު ކުރުމާއި، ކުންފުންޏާއި ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގައި ކުންފުންޏަށް ޤާނޫނީ ގޮތުން އެހީތެރިވެދިނުން.
 
- ކުންފުނީގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދެފަރާތުން ވެވޭ އެއްބަސްވުން ތައްޔާރުކުރުން.
 
- ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ކުންފުނީގެ ޤަވާއިދުތައް ތައްޔާރު ކުރުމާއި އިސްލާޙްކުރުން.
 
 
 | 
| 
 މަސައްކަތުގެ ވަގުތު: 
 | 
 މި ކުންފުނީގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް) 
(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް) 
 | 
| 
 ހުށައަޅަންޖެހޭ ލިޔުންތައް: 
 | 
- ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
 
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
 
- އަދާކުރައްވާފައިވާ ވަޒީފާތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ
 
 
 | 
| 
 ސުން ގަޑި: 
 | 
 ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 19 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ. 
 |