ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2024/24
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 19 މާރިޗު 2024 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލީގަލް ކައުންސެލް

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

ލީގަލް ކައުންސެލް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި އިނާޔަތްތައް

26,009 ރުފިޔާ

ފެންވަރުނުވަތަ ޝަރުތު:

  • ޤާނޫނު ނުވަތަ ޤާނޫނާއި ޝަރުޢީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން. އަދި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ކުންފުނީގެ އެކިއެކި ކަންކަމުގައި ޤާނޫނީ ލަފާދިނުމާއި އެކަމާ ގުޅޭ މަސައްކަތް ކުރުން.
  • ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި މި ކުންފުންޏާއި ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރު ކުރުމާ އެކަމާ ގުޅޭ އެންމެހާ މުޢާމަލާތްތައް ކުރުން.
  • ކޯޓުތަކުގައި ކުންފުނި ތަމްސީލުކުރުމާއި، ކޯޓުތަކަށް ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރު ކުރުމާއި، ކުންފުންޏާއި ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގައި ކުންފުންޏަށް ޤާނޫނީ ގޮތުން އެހީތެރިވެދިނުން.
  • ކުންފުނީގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދެފަރާތުން ވެވޭ އެއްބަސްވުން ތައްޔާރުކުރުން.
  • ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ކުންފުނީގެ ޤަވާއިދުތައް ތައްޔާރު ކުރުމާއި އިސްލާޙްކުރުން.

މަސައްކަތުގެ ވަގުތު:

މި ކުންފުނީގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އަދާކުރައްވާފައިވާ ވަޒީފާތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 19 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ.

12 މާރިޗު 2024