ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ދަޑެކޮޑޭ ޕާރކް (P-13) މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (IUL)415/415/2024/36 ގެ މުއްދަތު އިތުރުކުރުން

އިޢުލާން

ތިނަދޫ ސިޓީ ދަޑެކޮޑޭ ޕާރކް (P-13) މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (IUL)415/415/2024/36 ގެ މުއްދަތު އިތުރުކުރުން  

      ތިނަދޫ ސިޓީ ދަޑެކޮޑޭ ޕާރކް (P-13) މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން (IUL)415/415/2024/36 (28 ފެބްރުއަރީ 2024) ގެ މަޢުލޫމާދު ސާފްކުރުމާއި ބީލަންތައް ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ހާޒިރުވެ، ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ސާފްކުރުމުގެ ސެޝަނެއް 24 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 10:00 ތިނަދޫ ސިޓީ ކައުންސިލްގެ މީޓިންގް ރޫމްގައި އޮންނާނެއެވެ. އަދި މި މަސައްކަތައް ބީލަން ހުށަހެޅޭނީ،  މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފްކުރުން

24 މާރޗް 2024

އާދީއްތަ

10:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

ބީލަން ހުށަހެޅުން

18 އެޕްރިލް 2024

ބުރާސްފަތި

10:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް


                         29 ޝަޢުބާން 1445

                         10 މާރިޗް 2024  

11 މާރިޗު 2024
ހޯދާ