ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ދަޑެކޮޑޭ ޕާރކް (P-13) މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (IUL)415/415/2024/36 ގެ މުއްދަތު އިތުރުކުރުން
ތިނަދޫ ސިޓީ ދަޑެކޮޑޭ ޕާރކް (P-13) މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން (IUL)415/415/2024/36 (28 ފެބްރުއަރީ 2024) ގެ މަޢުލޫމާދު ސާފްކުރުމާއި ބީލަންތައް ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ހާޒިރުވެ، ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ސާފްކުރުމުގެ ސެޝަނެއް 24 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 10:00 ތިނަދޫ ސިޓީ ކައުންސިލްގެ މީޓިންގް ރޫމްގައި އޮންނާނެއެވެ. އަދި މި މަސައްކަތައް ބީލަން ހުށަހެޅޭނީ، މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފްކުރުން |
24 މާރޗް 2024 |
އާދީއްތަ |
10:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
ބީލަން ހުށަހެޅުން |
18 އެޕްރިލް 2024 |
ބުރާސްފަތި |
10:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
29 ޝަޢުބާން 1445
10 މާރިޗް 2024