ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު IUL)448-ASS/1/2015/38) އަށް އަގު ހުށަހަޅުއްވާފައިވަނީ ދެ ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
- 04 ވޯޓަރ ކޫލަރ
- 02 ބެޑް ( އިމަރޖެންސީގައި ބޭނުންކުރުމަށް )
- 04 ވީލް ޗެއަރ
- 03 ސްޓްރެޗަރ ( ލައްޕާލެވޭ ވައްތަރުގެ )
ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:45 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:45 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
26 ޖުމާދަލްއާޚިރާ 1436