ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2015/50
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 23 އޭޕްރިލް 2015 14:45
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު IUL)448-ASS/1/2015/38) އަށް އަގު ހުށަހަޅުއްވާފައިވަނީ ދެ ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

  • 04 ވޯޓަރ ކޫލަރ
  • 02 ބެޑް ( އިމަރޖެންސީގައި ބޭނުންކުރުމަށް )
  • 04 ވީލް ޗެއަރ
  • 03 ސްޓްރެޗަރ ( ލައްޕާލެވޭ ވައްތަރުގެ )

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:45 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:45 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26 ޖުމާދަލްއާޚިރާ 1436

15 އޭޕްރިލް 2015