ދިވެހިރާއްޖެ
ނަމްބަރު: (IUL)252/252/2024/33
އިޢުލާނު
ހއ.ފިއްލަދޫ ކައުންސިލް ޤުރުއާން މުބާރާތް 1445ހ.
ހއ.ފިއްލަދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤުސަދުގައި މިކައުންސިލުން ބާއްވާ ޤުރުއާން މުބާރާތް 28 މާރިޗު 2024 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 18 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރުއްވުމަށްފަހު މިކައުންސިލަށް ހުށަހެޅުއްވުން އެދެވެ. މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް މިއިއުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ. ފޯމް މެއިލް ކުރައްވާ ފަރާތްތަކުން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.
23 ޝައުބާން 1445
04 މާރިޗް 2024