މުބާރާތް
ނަންބަރު: (IUL)252/252/2024/33
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 18 މާރިޗު 2024 13:30
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445ހ ވަނަ އަހަރުގެ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުން

ނަމްބަރު: (IUL)252/252/2024/33

 

 

އިޢުލާނު

 

ހއ.ފިއްލަދޫ ކައުންސިލް ޤުރުއާން މުބާރާތް 1445ހ.

             ހއ.ފިއްލަދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤުސަދުގައި މިކައުންސިލުން ބާއްވާ ޤުރުއާން މުބާރާތް 28 މާރިޗު 2024 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 18 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރުއްވުމަށްފަހު މިކައުންސިލަށް ހުށަހެޅުއްވުން އެދެވެ. މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް މިއިއުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ. ފޯމް މެއިލް ކުރައްވާ ފަރާތްތަކުން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.  

23 ޝައުބާން 1445

04 މާރިޗް 2024

 

04 މާރިޗު 2024