ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ވަނަ އަހަރު، ސްކޫލުގެ މުދާ ރައްކާކޮށް ބަލަހައްޓާނެ ގުދަނެއް ކުއްޔަށްހިފުން
2024ވަނަ އަހަރު، ސްކޫލުގެ މުދާ ރައްކާކޮށް ބަލަހައްޓާނެ ގުދަނެއް ކުއްޔަށްހިފުން
- މި ސްކޫލުގެ ނަންބަރ: (B)GS133/2024/06 (31 ޖެނުއަރީ 2024) އިޢުލާނާ ގުޅިގެން އެކަށީގެންވާ ގުދަނެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މިއީ މިކަމާ ގުޅިގެން ކުރެވޭ 5 ވަނަ އިޢުލާނެވެ.
- 2024 ވަނަ އަހަރު (15 މާރޗް 2024 އިން 31 ޑިސެމްބަރ 2024 އަށް) މި ސްކޫލުގެ މުދާ ރައްކާކޮށް ބަހައްޓާނެ ގުދަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
- މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ފެބުރުވަރީ 29 އިން 2024 މާރޗް 07 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 މާރޗް 03 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 މާރޗް 10 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ކަމަދޫ ސްކޫލު އޮފީހުގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ކަމަދޫ ސްކޫލް
އޯކިޑްމަގު، ބ. ކަމަދޫ، ދިވެހިރާއްޖެ، ފޯން: 6600015، 9907020
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:
https://docs.google.com/forms/d/1AP_Z9apHIdsM0OUuIX9WtxaIeWl7ih2PUrrUo_MMTT4/edit?pli=1
28 ފެބުރުވަރީ 2024
ހޯދާ