ކުއްޔަށް ހިފުން
ނަންބަރު: (B)GS133/2024/13
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 07 މާރިޗު 2024 14:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
2024 ވަނަ އަހަރު، ސްކޫލުގެ މުދާ ރައްކާކޮށް ބަލަހައްޓާނެ ގުދަނެއް ކުއްޔަށްހިފުން

2024ވަނަ އަހަރު، ސްކޫލުގެ މުދާ ރައްކާކޮށް ބަލަހައްޓާނެ ގުދަނެއް ކުއްޔަށްހިފުން

 

  1. މި ސްކޫލުގެ ނަންބަރ: (B)GS133/2024/06 (31 ޖެނުއަރީ 2024) އިޢުލާނާ ގުޅިގެން އެކަށީގެންވާ ގުދަނެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މިއީ މިކަމާ ގުޅިގެން ކުރެވޭ 5 ވަނަ އިޢުލާނެވެ.
  2. 2024 ވަނަ އަހަރު (15 މާރޗް 2024 އިން 31 ޑިސެމްބަރ 2024 އަށް) މި ސްކޫލުގެ މުދާ ރައްކާކޮށް ބަހައްޓާނެ ގުދަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
  3. މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  4. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ފެބުރުވަރީ 29 އިން 2024 މާރޗް 07 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  5. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 މާރޗް 03 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 މާރޗް 10 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ކަމަދޫ ސްކޫލު އޮފީހުގައެވެ.  
  7. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  8. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ކަމަދޫ ސްކޫލް

އޯކިޑްމަގު، ބ. ކަމަދޫ، ދިވެހިރާއްޖެ،       ފޯން: 6600015، 9907020

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/1AP_Z9apHIdsM0OUuIX9WtxaIeWl7ih2PUrrUo_MMTT4/edit?pli=1

28 ފެބުރުވަރީ 2024