ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 ތިރީގައިވާ މަޤާމަށް މި އިދާރާއަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1 (ރޭންކް: އެމް. އެސް. 1)

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / (އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް)

 

 

ތަޢުލީމާއި ތަޖުރިބާ:

  1. އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަތޮޅު ކައުންސިލުން ނަގާ ލޯނުތަކުގެ ހިސާބުތައް ލިޔެ ބެލެހެއްޓުން.
  2. އިދާރީ ދާއިރާގެ ފެންވަރުގައި އަތޮޅު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވިޔަފާރީގެ މުޢާމަލާތްކުރުމަށް ކުރަންޖެހޭ ކަންކަންކޮށް ވިޔަފާރި ފުޅާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. އަތޮޅުގެ ތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ފަންޑް ހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  4. އަތޮޅުގެ ތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، އެފަރާތްތަކާއެކު އެގްރީމެންޓްތައް ހެދުން.
  5. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުނިސިޕަލް ބޮންޑާއި، މުނިސިޕަލް ސެކިއުރިޓީ ފަދަ މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުމާބެހޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  6. ކައުންސިލުގެ ނަމުގައި، ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، އެފަދަ ތަންތަން ކުއްޔަށް ދިނުމާއި، އިންވެސްޓްކުރުމާއި، ކައުންސިލުގެ ނަމުގައި މިލްކުކުރުމާ ގުޅޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔެ ބެލެހެއްޓުން.
  7. އަތޮޅު އިސްޓޯރާއި މިނޫނަސް ކައުންސިލަށް އާމްދަނީ ހޯދުމަށް ހިންގޭ ޕްރޮގްރާމްތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަމަށް ދުވަހުން ދުވަހަށް ފިޔަވަޅުއެޅުން.
  8. ކައުންސިލަށް އާމްދަނީލިބޭ ވަޞީލަތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  9. ކައުންސިލަށް ދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
  5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 އެޕްރީލް 28 ވަނަ ދުވަހުގެ 11.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުން.

އިންޓަވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 މޭ 1 އާއި 6 އާ ދެމެދު ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި، ދަތުރު އެލަވަންސް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، މި އިދާރާގެ ވެބްސައިޓުން (www.faaf.gov.mv ން) ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

އެހެނިހެން ކަންތައްތައް:

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކެއް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ 6740017 ނަންބަރު ފޯނަށް ނުވަތަ 6740018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

25 ޖުމާދަލްއާޚިރާ 1436

14 އޭޕްރިލް 2015
ހޯދާ