މަޤާމް:
|
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 (ރޭންކް: އެމް. އެސް. 1)
|
މުސާރަ:
|
5,610.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2,000.00 ރުފިޔާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:
|
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / (އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް)
|
ތަޢުލީމާއި ތަޖުރިބާ:
|
- އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަތޮޅު ކައުންސިލުން ނަގާ ލޯނުތަކުގެ ހިސާބުތައް ލިޔެ ބެލެހެއްޓުން.
- އިދާރީ ދާއިރާގެ ފެންވަރުގައި އަތޮޅު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވިޔަފާރީގެ މުޢާމަލާތްކުރުމަށް ކުރަންޖެހޭ ކަންކަންކޮށް ވިޔަފާރި ފުޅާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- އަތޮޅުގެ ތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ފަންޑް ހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
- އަތޮޅުގެ ތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، އެފަރާތްތަކާއެކު އެގްރީމެންޓްތައް ހެދުން.
- ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުނިސިޕަލް ބޮންޑާއި، މުނިސިޕަލް ސެކިއުރިޓީ ފަދަ މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުމާބެހޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
- ކައުންސިލުގެ ނަމުގައި، ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، އެފަދަ ތަންތަން ކުއްޔަށް ދިނުމާއި، އިންވެސްޓްކުރުމާއި، ކައުންސިލުގެ ނަމުގައި މިލްކުކުރުމާ ގުޅޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔެ ބެލެހެއްޓުން.
- އަތޮޅު އިސްޓޯރާއި މިނޫނަސް ކައުންސިލަށް އާމްދަނީ ހޯދުމަށް ހިންގޭ ޕްރޮގްރާމްތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަމަށް ދުވަހުން ދުވަހަށް ފިޔަވަޅުއެޅުން.
- ކައުންސިލަށް އާމްދަނީލިބޭ ވަޞީލަތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
- ކައުންސިލަށް ދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
- ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
- އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2015 އެޕްރީލް 28 ވަނަ ދުވަހުގެ 11.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުން.
|
އިންޓަވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 މޭ 1 އާއި 6 އާ ދެމެދު ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
|
އުޖޫރައާއި އިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި، ދަތުރު އެލަވަންސް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، މި އިދާރާގެ ވެބްސައިޓުން (www.faaf.gov.mv ން) ލިބެން ހުންނާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
|
އެހެނިހެން ކަންތައްތައް:
|
- މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކެއް ބަލައެއްނުގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ 6740017 ނަންބަރު ފޯނަށް ނުވަތަ 6740018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
|