ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށް، 23 އޭޕްރީލް 2024ގައި ބޭއްވުމަށް ނިންމާފައިވާ "ދި މެންގުރޫވް އައިލޭންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2024"ގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އިތުރު ޓީމްތަކުން ޝަޢުޤުވެރިކަން ފާޅު ކުރަމުންދާތީ ޓީމް ރަޖިސްޓްރީ ކުރުމުގެ މުއްދަތު 3 ދުވަހުގެ މުއްދަތަށް އިތުރުކޮށްފީމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ޓީމްތަކުން 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވެދެއްވުން އެދެމެވެ. މިކާމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ މި ކައުންސިލްގެ ނަންބަރު 6560013 އަށް ގުޅުއްވުން އެދެމެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/DG1EvSw5Tg
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
09 ޝަޢުބާން 1445
19 ފެބުރުވަރީ 2024