މުބާރާތް
ނަންބަރު: (IUL)286-MP/286/2024/27
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 21 ފެބުރުވަރީ 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ދިމެންގުރޫވް އައިލޭންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2024"، ޓީމް ރަޖިސްޓްރޭޝަން މުއްދަތު އިތުރުކުރުން

ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށް، 23 އޭޕްރީލް 2024ގައި ބޭއްވުމަށް ނިންމާފައިވާ "ދި މެންގުރޫވް އައިލޭންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2024"ގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އިތުރު ޓީމްތަކުން ޝަޢުޤުވެރިކަން ފާޅު ކުރަމުންދާތީ ޓީމް ރަޖިސްޓްރީ ކުރުމުގެ މުއްދަތު 3 ދުވަހުގެ މުއްދަތަށް އިތުރުކޮށްފީމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ޓީމްތަކުން 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވެދެއްވުން އެދެމެވެ. މިކާމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ މި ކައުންސިލްގެ ނަންބަރު 6560013 އަށް ގުޅުއްވުން އެދެމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/DG1EvSw5Tg  

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

09    ޝަޢުބާން   1445

19    ފެބުރުވަރީ   2024

19 ފެބުރުވަރީ 2024