ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސީނިއަރ މާކެޓިންގ އޮފިސަރ)

މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ މާކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

ސިނިއަރ އޮފިސަރ - ގްރޭޑް 5

ޑިޕާރޓްމަންޓް

ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓް

މުސާރަ:

މަހަކު -/8000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2800 ރުފިޔާ

މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2-4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޓް ބްރޭންޑިންގ އަދި ޕްރޮޑަކްޓް މާކެޓިންގެ އެންމެހާ ކަންތައްތައް ވިލަރެސްކޮށް ޤަވައިދުން ބެލެހެއްޓުން.

- ވީޑިއޯ އަދި ފޮޓޯގްރަފީއަށް ބޭނުންވާ ޑިޒައިން އިންޕުޓް ފޯރުކޮށްދިނުން.

- ހުރިހާ ޗެނަލެއްގައިވެސް ކޮންސިސްޓެންސީ ކަށަވަރު ކުރުމަށް ކޯޕަރޭޝަންގެ ބްރޭންޑް ގައިޑްލައިންތަކާއި ވިޝުއަލް ސްޓޭންޑަޑްތައް އެކުލަވާލައި ބެލެހެއްޓުން.

- ވެބްސައިޓާއި ސޯޝަލް މީޑިއާ ކޮންޓެންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ޕްރޮމޯޓުކުރުމާއި، ޕަބްލިކް ރިލޭޝަންސްގެ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކުރުން.

- އުފެއްދުންތެރި ކެމްޕެއިން ހިންގުމަށް ޓީމުގެ އެހެން މެންބަރުންނާ ގުޅިގެން މަސައްކަތް ކުރުން.

- މާކެޓިންގ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދިއުން.

- ޑިޕާޓްމަންޓްގެ މަންތްލީ، ވީކްލީ އަދި ޑެއިލީ ކޮންޓެންޓް ތައްޔާރު ކުރުމުގަޔާއި ޕަބްލިޝް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

- ޓާގެޓް އޯޑިއަންސް އެންގޭޖްކޮށް ކީ މެސެޖިން ފޯރުކޮށްދޭ ކޮންޓެންޓް ތައްޔާރުކުރުން.

- ކޯޕަރޭޝަންގެ މާކެޓިން ޕްލޭން ތައްޔާރު ކުރުމުގައި އެހީތެރިވެދިނުމާއި، އެ ޕްލޭނުގައި ހިމެނިފައިވާ ހަރަކާތްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ / މާރޗް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                08 ޝަޢުބާން 1445

18 ފެބުރުވަރީ 2024
ހޯދާ