ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
ސީނިއަރ މާކެޓިންގ އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސިނިއަރ އޮފިސަރ - ގްރޭޑް 5 |
ޑިޕާރޓްމަންޓް |
ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓް |
މުސާރަ: |
މަހަކު -/8000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2800 ރުފިޔާ މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ. އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2-4 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޯޕަރޭޓް ބްރޭންޑިންގ އަދި ޕްރޮޑަކްޓް މާކެޓިންގެ އެންމެހާ ކަންތައްތައް ވިލަރެސްކޮށް ޤަވައިދުން ބެލެހެއްޓުން. - ވީޑިއޯ އަދި ފޮޓޯގްރަފީއަށް ބޭނުންވާ ޑިޒައިން އިންޕުޓް ފޯރުކޮށްދިނުން. - ހުރިހާ ޗެނަލެއްގައިވެސް ކޮންސިސްޓެންސީ ކަށަވަރު ކުރުމަށް ކޯޕަރޭޝަންގެ ބްރޭންޑް ގައިޑްލައިންތަކާއި ވިޝުއަލް ސްޓޭންޑަޑްތައް އެކުލަވާލައި ބެލެހެއްޓުން. - ވެބްސައިޓާއި ސޯޝަލް މީޑިއާ ކޮންޓެންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން. - ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ޕްރޮމޯޓުކުރުމާއި، ޕަބްލިކް ރިލޭޝަންސްގެ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކުރުން. - އުފެއްދުންތެރި ކެމްޕެއިން ހިންގުމަށް ޓީމުގެ އެހެން މެންބަރުންނާ ގުޅިގެން މަސައްކަތް ކުރުން. - މާކެޓިންގ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދިއުން. - ޑިޕާޓްމަންޓްގެ މަންތްލީ، ވީކްލީ އަދި ޑެއިލީ ކޮންޓެންޓް ތައްޔާރު ކުރުމުގަޔާއި ޕަބްލިޝް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. - ޓާގެޓް އޯޑިއަންސް އެންގޭޖްކޮށް ކީ މެސެޖިން ފޯރުކޮށްދޭ ކޮންޓެންޓް ތައްޔާރުކުރުން. - ކޯޕަރޭޝަންގެ މާކެޓިން ޕްލޭން ތައްޔާރު ކުރުމުގައި އެހީތެރިވެދިނުމާއި، އެ ޕްލޭނުގައި ހިމެނިފައިވާ ހަރަކާތްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ / މާރޗް މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
08 ޝަޢުބާން 1445