ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ ސީސީ ޓީވީ ކެމެރާ ސަޕްލައިކޮށްދިނުމާއި ހަރުކޮށް، ސެޓަޕް ހަދައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: (IUL)268/2024/7 (04ފެބްރުއަރީ 2024) އިޢުލާނުގައި އަންދާސީ ހިސާބު ހުށައެޅުމަށް ދީފައިވާ މުއްދަތު މާލިއްޔަތު ޤަވާޢިދުގައި ބުނެފައިވާ މުއްދަތަށްވުރެ ކުރުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
12ފެބްރުއަރީ 2024 އިން 18ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00 އާ ހަމައަށް ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ. ފޯމު މިއިޢުލާނާއެކުގައިވާ މައުލޫމާތު ކަރުދާހާއެކުގައި ވާނެއެވެ. |
މަޢުލޫމާތު ދިނުން |
12ފެބްރުއަރީ 2024 އިން 18ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން [email protected] އަށް އީމެއިލް ފޮނުވުމުން އެކަމުގެ މައުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މައުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއްނުވެއެވެ. މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
މި ބައްދަލުވުން އޮންނާނީ 21 ފެބްރުއަރީ 2024ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ. |
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.