ބީލަން
ނަންބަރު: (IUL)268/2024/9
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 21 ފެބުރުވަރީ 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޭކުރެންދޫ ކައުންސިލް އިދާރާއަށް ސީސީ ޓީވީ ކެމެރާ ސަޕްލައިކޮށްދިނުމާއި ހަރުކޮށް، ސެޓަޕް ހަދައިދޭނެ ފަރާތެއް ހޯދުން

މިއިދާރާއަށް ބޭނުންވާ ސީސީ ޓީވީ ކެމެރާ ސަޕްލައިކޮށްދިނުމާއި ހަރުކޮށް، ސެޓަޕް ހަދައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: (IUL)268/2024/7 (04ފެބްރުއަރީ 2024) އިޢުލާނުގައި އަންދާސީ ހިސާބު ހުށައެޅުމަށް ދީފައިވާ މުއްދަތު މާލިއްޔަތު ޤަވާޢިދުގައި ބުނެފައިވާ މުއްދަތަށްވުރެ ކުރުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

12ފެބްރުއަރީ 2024 އިން 18ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00 އާ ހަމައަށް ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ. ފޯމު މިއިޢުލާނާއެކުގައިވާ މައުލޫމާތު ކަރުދާހާއެކުގައި ވާނެއެވެ.

މަޢުލޫމާތު ދިނުން

12ފެބްރުއަރީ 2024 އިން 18ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން [email protected] އަށް އީމެއިލް ފޮނުވުމުން އެކަމުގެ މައުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މައުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއްނުވެއެވެ. މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

 މި ބައްދަލުވުން އޮންނާނީ 21 ފެބްރުއަރީ 2024ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ފެބުރުވަރީ 2024