މާދަޑު ކައުންސިލްގެ ސްކޮލަރޝިޕް 2015
ވިލާކޮލެޖް ފުވައްމުލަކު ކެމްޕަސް އިން ކައުންސިލްގެ ޚަރަދުގައި އެޑްވާންސް ސެޓްފިކެޓްގެ ކޯހުގައި ކިޔެވުމަށް ފުރުޞަތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ބޭނުންވާ އަދަދު
|
01 (އެކެއް)
|
ކޯހުގެ ނަން
|
އެޑްވާންސް ސެޓްފިކެޓް އިން ހިއުމަން ރިސޯސް މެނޭޖްމެންޓް
|
ޝަރުޠު
|
- އޯލެވެލް އިމްތިޙާނުގެ 03 މާއްދާއިން ފާސްވެފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 03 ގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން.
- މާދަޑު އަވަށުގެ ރަށްވެއްސެއް ކަމުގައި ވުން.
- އުމުރުން 16 އަހަރު ފުރި 35 އަހަރު ފުރިފައިނުވުން.
- ލެވެލް 04 ނުވަތަ އެއައްވުރެ މަތީ ސެޓްފިކެޓެއް ހާސިލުކޮށްފައިނުވުން.
- ފުވައްމުލަކުގައި ދިރިއުޅެމުންދާ ފަރާތެއްކަމުގައި ވުން.
- ސްކޫލެއްގައި ނުވަތަ ކޯހެއްގައި ކިޔަވަމުންދާ ދަރިވަރަކު ކަމުގައި ނުވުން.
|
ދަރިވަރުން ހޮވުމަށް ބެލޭނެ މިންގަނޑުތައް
|
ބޭނުންވާ އަދަދަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތި ލައްވައިފިނަމަ ދަރިވަރަކު ހޮވުމަށް ބަލާނީ ކައުންސިލުން ކަނޑައަޅާފައިވާ ޕޮއިންޓްދިނުމުގެ އުސޫލަށެވެ.
|
އެދެންވީ ގޮތާއި ސުންގަޑި
|
- ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއެކު 13 އެޕްރީލް 2015 ވާ ހޯމަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިކައުންސިލަށް ހުށަހަޅުއްވަންވާނެއެވެ.
- ކުރިމަތި ލުމަށް އެދޭ ފޯމު. (ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާއާއި ގުޅޭ ގޮތުން އެފަރާތްތަކުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތައް. (ސްކޫލް ދައުރުގެ ސެޓްފިކެޓްތައް ބަލާނީ ސެކަންޑްރީއިން ފެށިގެން މަތީގެ ސެޓްފިކެޓްތައް)
- ސްކޫލް ލީވިންގ ސެޓްފިކެޓް
- އުމުރުން 18 އަހަރު ފުރިފައިނުވާ ކުދިން ކޯހަށް ވަނުމަށް ހޮވިއްޖެނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީ.
|
ނޯޓް: ބައިވެރިވެލެއްވުމަށް ހުށަހަޅުއްވާ ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކަކީ އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު ކަމުގައި ވާންވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6860041 ނަމްބަރު ފޯނާ އެވެ.
16 ޖުމާދަލްއާޚިރާ 1436