ތަމްރީނު
ނަންބަރު: (IUL)424-EDSS/424/2015/21
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 13 އޭޕްރިލް 2015 00:00
ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާދަޑު ކައުންސިލުގެ ސްކޮލަރޝިޕް 2015

މާދަޑު ކައުންސިލްގެ ސްކޮލަރޝިޕް 2015

ވިލާކޮލެޖް ފުވައްމުލަކު ކެމްޕަސް އިން ކައުންސިލްގެ ޚަރަދުގައި އެޑްވާންސް ސެޓްފިކެޓްގެ ކޯހުގައި ކިޔެވުމަށް ފުރުޞަތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ބޭނުންވާ އަދަދު

01 (އެކެއް)

ކޯހުގެ ނަން

އެޑްވާންސް ސެޓްފިކެޓް އިން ހިއުމަން ރިސޯސް މެނޭޖްމެންޓް

ޝަރުޠު

  • އޯލެވެލް އިމްތިޙާނުގެ 03 މާއްދާއިން ފާސްވެފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 03 ގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން.  
  • މާދަޑު އަވަށުގެ ރަށްވެއްސެއް ކަމުގައި ވުން.
  • އުމުރުން 16 އަހަރު ފުރި 35 އަހަރު ފުރިފައިނުވުން.
  • ލެވެލް 04 ނުވަތަ އެއައްވުރެ މަތީ ސެޓްފިކެޓެއް ހާސިލުކޮށްފައިނުވުން.  
  • ފުވައްމުލަކުގައި ދިރިއުޅެމުންދާ ފަރާތެއްކަމުގައި ވުން.
  • ސްކޫލެއްގައި ނުވަތަ ކޯހެއްގައި ކިޔަވަމުންދާ ދަރިވަރަކު ކަމުގައި ނުވުން.

ދަރިވަރުން ހޮވުމަށް ބެލޭނެ މިންގަނޑުތައް

ބޭނުންވާ އަދަދަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތި ލައްވައިފިނަމަ ދަރިވަރަކު ހޮވުމަށް ބަލާނީ ކައުންސިލުން ކަނޑައަޅާފައިވާ ޕޮއިންޓްދިނުމުގެ އުސޫލަށެވެ.  

އެދެންވީ ގޮތާއި ސުންގަޑި

  • ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއެކު 13 އެޕްރީލް 2015 ވާ ހޯމަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިކައުންސިލަށް ހުށަހަޅުއްވަންވާނެއެވެ.
  • ކުރިމަތި ލުމަށް އެދޭ ފޯމު. (ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 
  • އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާއާއި ގުޅޭ ގޮތުން އެފަރާތްތަކުން ދޫކޮށްފައިވާ ލިޔުން.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތައް. (ސްކޫލް ދައުރުގެ ސެޓްފިކެޓްތައް ބަލާނީ ސެކަންޑްރީއިން ފެށިގެން މަތީގެ ސެޓްފިކެޓްތައް) 
  • ސްކޫލް ލީވިންގ ސެޓްފިކެޓް
  • އުމުރުން 18 އަހަރު ފުރިފައިނުވާ ކުދިން ކޯހަށް ވަނުމަށް ހޮވިއްޖެނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީ.

ނޯޓް: ބައިވެރިވެލެއްވުމަށް ހުށަހަޅުއްވާ ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކަކީ އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު ކަމުގައި ވާންވާނެއެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6860041 ނަމްބަރު ފޯނާ އެވެ.

16 ޖުމާދަލްއާޚިރާ 1436   

05 އޭޕްރިލް 2015