ދިވެހިރާއްޖެ
އދ. މަހިބަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް ކުރި ނަންބަރު:IUL)459-A/1/2015/21) އިޢުލާން ބާޠިލުކޮށް އަލުން މި ޚިދުމަތަށް އިޢުލާން ކުރުން
މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ އދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި ނަންބަރު: IUL)459-A/1/2015/21) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް އަލުން މި ޚިދުމަތަށް އިޢުލާންކުރަމެވެ.
ވީމާ، ޢިމާރާތް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އދ.މަހިބަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އދ. މަހިބަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
16 ޖުމާދަލްއާޚިރާ 1436