ކުއްޔަށް ހިފުން
ނަންބަރު: (IUL)459-A/459/2015/32
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 16 އޭޕްރިލް 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
އދ.މަހިބަދޫ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސަސް ސެންޓަރު ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް

އދ. މަހިބަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް ކުރި ނަންބަރު:IUL)459-A/1/2015/21) އިޢުލާން ބާޠިލުކޮށް އަލުން މި ޚިދުމަތަށް އިޢުލާން ކުރުން

މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ އދ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި ނަންބަރު: IUL)459-A/1/2015/21) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް އަލުން މި ޚިދުމަތަށް އިޢުލާންކުރަމެވެ.

ވީމާ، ޢިމާރާތް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އދ.މަހިބަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އދ. މަހިބަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

16 ޖުމާދަލްއާޚިރާ 1436

05 އޭޕްރިލް 2015