ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ދަޢުވަތު

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ، 21 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ ހަވީރު 16:15 ގައި ހައިބްރިޑްކޮށް ބޭއްވުމަށް ހަމަޖެހިފައިވާކަން ބާ ކައުންސިލުގެ އެންމެހާ މެންބަރުންނަށް އަންގައި، މި ޖަލްސާގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.   

 އަހަރީ ޢާންމު ޖަލްސާއަށް ތިރީގައިވާ ފޯމް ލިންކު މެދުވެރިކުރައްވައި 17 ފެބުރުވަރީ 2024 ގެ ނިޔަލަށް ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

ލިންކު: https://forms.gle/QZasD9SzWqzcDwZp8

އަދި ޖަލްސާގެ އެޖެންޑާގައި ޢާންމު މެންބަރުން ހިމަނަން ބޭނުންވާ ކަންކަން 17 ފެބުރުވަރީ 2024 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް [email protected] މި އީ-މެއިލް މެދުވެރިކޮށް، ބާ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

2024 ވަނަ އަހަރުގެ އަހަރީ އާންމު  ޖަލްސާގެ އެޖެންޑާ މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި ޖަލްސާއާގުޅޭ އެހެނިހެން ލިޔެކިޔުންތައް، ތިރީގައިވާ ބާ ކައުންސިލުގެ ވެބްސައިޓު ލިންކުން ލިބިވަޑައިގަންނަވާނެއެވެ. 

ލިންކު: https://maldivesbarcouncil.org/agm/

06 ފެބުރުވަރީ 2024
ހޯދާ