ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ، 21 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ ހަވީރު 16:15 ގައި ހައިބްރިޑްކޮށް ބޭއްވުމަށް ހަމަޖެހިފައިވާކަން ބާ ކައުންސިލުގެ އެންމެހާ މެންބަރުންނަށް އަންގައި، މި ޖަލްސާގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.
އަހަރީ ޢާންމު ޖަލްސާއަށް ތިރީގައިވާ ފޯމް ލިންކު މެދުވެރިކުރައްވައި 17 ފެބުރުވަރީ 2024 ގެ ނިޔަލަށް ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
ލިންކު: https://forms.gle/QZasD9SzWqzcDwZp8
އަދި ޖަލްސާގެ އެޖެންޑާގައި ޢާންމު މެންބަރުން ހިމަނަން ބޭނުންވާ ކަންކަން 17 ފެބުރުވަރީ 2024 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް [email protected] މި އީ-މެއިލް މެދުވެރިކޮށް، ބާ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި ޖަލްސާއާގުޅޭ އެހެނިހެން ލިޔެކިޔުންތައް، ތިރީގައިވާ ބާ ކައުންސިލުގެ ވެބްސައިޓު ލިންކުން ލިބިވަޑައިގަންނަވާނެއެވެ.