ދިވެހިރާއްޖެ
ނޫސްވެރިކަމުގެ އިނާމު 2014 ގެ އެވޯޑް ހެދުމަށް ބޭނުންވެގެން މިކައުންސިލުން ކުރި ނަންބަރު IUL)219-CA/1/2015/4) އިޢުލާނާ ގުޅިގެން އެވޯޑް ތައްޔާރުކުރުމަށް 3 ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އެވޯޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
12 އެޕްރީލް 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް |
15 އެޕްރީލް 2015 (ބުދަ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003886، 3003995 ނަންބަރު ފޯނާއެވެ.
18 ޖުމާދަލްއާޚިރާ 1436