މަސައްކަތް
ނަންބަރު: (IUL)219-CA/1/2015/5
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 12 އޭޕްރިލް 2015 11:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ނޫސްވެރިކަމުގެ އިނާމު 2014 ގެ އެވޯޑް ހެދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ނޫސްވެރިކަމުގެ އިނާމު 2014 ގެ އެވޯޑް ހެދުމަށް ބޭނުންވެގެން މިކައުންސިލުން ކުރި ނަންބަރު IUL)219-CA/1/2015/4) އިޢުލާނާ ގުޅިގެން އެވޯޑް ތައްޔާރުކުރުމަށް 3 ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އެވޯޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

 12 އެޕްރީލް 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް

15 އެޕްރީލް 2015 (ބުދަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003886، 3003995 ނަންބަރު ފޯނާއެވެ.

18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015