ވައިކަރަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 އެޓެންޑެންޓެއްގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 11 ސެޕްޓެންބަރު 2014 ގައި މި މަރުކަޒުން ކުރި IUL)VHC/03/2014/006) ނަންބަރުގެ އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުޠަކީ މަޤާމުގެ ރޭންކާ ގުޅޭ ޝަރުޠަކަށް ނުވާތީ، އެ އިޢުލާން ބާތިލްކޮށް، އެ މަޤާމަށް މީހަކު ހޯދަން އަލުން އިޢްލާން ކުރަމެވެ.

މަޤާމު ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ނަން

އެޓެންޑެންޓް

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގުރޭޑް 2

ރޭންކް:SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިޕާޓްމަންޓް

ވައިކަރަދޫ ޞިއްޙީ މަރުކަޒު

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ވައިކަދޫ ޞިއްޙީ މަރުކަޒު، ހދ. ވައިކަރަދޫ

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަރުކަޒުގެ ކުލިނިކަލް އޭރިއާގެ ހިފައި ގެންގުޅޭ ތަކެއްޗާއި، ތަންތަނާއި، މެޝިންތަކާއި، އިކްވިޕްމަންޓްތައް ފޮޅައި، ސާފުކޮށް ބެލެހެއްޓުމާއި، އެތަކެތި ދަބަރުޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
  2. މަރުކަޒުގެ ކްލިނިކަލް އޭރިއާގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  3. ސްޓްރެލައިޒް ކުރަންޖެހޭ ތަކެތި، ކަނޑައެޅިފައިވާ އުޞޫލުގެމަތިން ސްޓްރެލައިޒްކުރުން.
  4. މަރުކަޒުގެ ވޯޑުގައި ބެހެއްޓިފައިވާ ފެންކޫލަރު ހުސްވިޔަނުދީ ބެލެހެއްޓުން.
  5. ކުލިނިކަލް އޭރިއާގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތައިލުމަށް (އިންސިނަރޭޓް ކުރުމަށް) މަސައްކަތުމީހުންނަށް އެހީވުން.
  6. މަރުކަޒަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިނުވާފަދަގޮތަކަށް މަރުކަޒުގެ ކުލިނިކަލް އޭރިއާގެ ތަންތަން ތަރުތީބުކޮށް ބެލެހެއްޓުން.
  7. ބަލިމީހުންނަށް ބޭނުންވާ ކަންތައްތަކުގައި ތަނުގެ އިސްވެރިންނަށާއި ނަރުހުންނަށް އެހީވުން.

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބުފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކަމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އެޕްރީލް 13 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ވައިކަރަދޫ ޞިއްޙީ މަރުކަޒަށް ހުޅަހެޅުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި:

2015 ވަނަ އަހަރުގެ އޭޕްރީލްމަހުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6520540 ނަންބަރު ފޯނަށެެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ