މަޤާމު ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ނަން
|
އެޓެންޑެންޓް
|
މަޤާމުގެ ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް ގުރޭޑް 2
|
ރޭންކް:SS2
|
މުސާރަ
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
ޑިޕާޓްމަންޓް
|
ވައިކަރަދޫ ޞިއްޙީ މަރުކަޒު
|
އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން
|
ވައިކަދޫ ޞިއްޙީ މަރުކަޒު، ހދ. ވައިކަރަދޫ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މަރުކަޒުގެ ކުލިނިކަލް އޭރިއާގެ ހިފައި ގެންގުޅޭ ތަކެއްޗާއި، ތަންތަނާއި، މެޝިންތަކާއި، އިކްވިޕްމަންޓްތައް ފޮޅައި، ސާފުކޮށް ބެލެހެއްޓުމާއި، އެތަކެތި ދަބަރުޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
- މަރުކަޒުގެ ކްލިނިކަލް އޭރިއާގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
- ސްޓްރެލައިޒް ކުރަންޖެހޭ ތަކެތި، ކަނޑައެޅިފައިވާ އުޞޫލުގެމަތިން ސްޓްރެލައިޒްކުރުން.
- މަރުކަޒުގެ ވޯޑުގައި ބެހެއްޓިފައިވާ ފެންކޫލަރު ހުސްވިޔަނުދީ ބެލެހެއްޓުން.
- ކުލިނިކަލް އޭރިއާގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތައިލުމަށް (އިންސިނަރޭޓް ކުރުމަށް) މަސައްކަތުމީހުންނަށް އެހީވުން.
- މަރުކަޒަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިނުވާފަދަގޮތަކަށް މަރުކަޒުގެ ކުލިނިކަލް އޭރިއާގެ ތަންތަން ތަރުތީބުކޮށް ބެލެހެއްޓުން.
- ބަލިމީހުންނަށް ބޭނުންވާ ކަންތައްތަކުގައި ތަނުގެ އިސްވެރިންނަށާއި ނަރުހުންނަށް އެހީވުން.
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބުފައިވުން. ނުވަތަ؛
- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކަމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2015 އެޕްރީލް 13 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ވައިކަރަދޫ ޞިއްޙީ މަރުކަޒަށް ހުޅަހެޅުން އެދެމެވެ.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި:
|
2015 ވަނަ އަހަރުގެ އޭޕްރީލްމަހުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6520540 ނަންބަރު ފޯނަށެެވެ.
|